April 17, 2026
Advertisement
.
.

ބޮލުގައި ކުލަޖެއްސުން: ސިވިލް ސާވިސް މުވައްޒަފުންނަށް މަނާ، މިނިސްޓަރުންނަށް ހުއްދަ؟

Yana Shareef
ޔާނާ ޝަރީފް
Apr 17, 2026, 03:50 PM

ސިވިލް ސާވިސް މުވައްޒަފުންނަށް ބޮލުގައި ކުލަޖެއްސުން މަނާ އިރު، މިނިސްޓަރުންނަށް އެކަން ހުއްދަވަނީ ކީއްވެތޯ ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިއްޖެއެވެ.

Advertisement

މި ބަހުސް އުފެދިފައިވަނީ ހެލްތް މިނިސްޓަރު ގީލާ ޢަލީ އާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިސްތަށިގަނޑުގައި ކުލަޖައްސާފައި ހުރުމާ ގުޅިގެންނެވެ. ދައުލަތުގެ އާންމު މުވައްޒަފުންނަށް ހަރުކަށި ސުލޫކީ މިންގަނޑުތަކެއް ކަނޑައަޅާފައި އޮންނައިރު، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މިފަދަ ކަންކަމުގައި އިސްތިސްނާ ލިބެނީ ކޮން އުސޫލަކުންތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ހެދުން އެޅުމާއި ޒީނަތްތެރިވުމުގެ ގަވާއިދުތައް ހުރިހާ ދަރަޖައެއްގެ މުވައްޒަފުންގެ މައްޗަށްވެސް ހަމަހަމަކަމާއެކު ހިންގަންޖެހެއެވެ. ވަކި ބަޔަކަށް އިމްތިޔާޒުތަކެއް ލިބޭ ގޮތަށް އޮތުމަކީ އިންސާފެއް ނޫން ކަމަށް ބުނެ، ސަރުކާރުގެ އިދާރާތަކުން ގެންގުޅޭ މި "ދެބައިކުޅަ އެއްބައި" އުސޫލަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި މައްސަލައިގައި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވަނީ، ވަޒީފާގެ މާހައުލުގައި އެންމެނަށްވެސް ހަމަހަމަ ފުރުސަތާއި ހަމަހަމަ ގަވާއިދުތަކެއް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރެވޭތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved