April 28, 2026
Advertisement
ޝީޝާގެ ވެރިން ނޫސް ކޮންފަރެންސެއްގައި
ޝީޝާގެ ވެރިން ނޫސް ކޮންފަރެންސެއްގައި / އަވަސް.އެމްވީ

ގިނަ ސްކޭމުތަކެއް ކުންފުނީގެ ނަމުގައި ހިންގަމުންދާތީ ސަމާލުވުމަށް ޝީޝާއިން އެދިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 16, 2024, 06:00 PM
މާލެ ސިޓީ

ގިނަ ސްކޭމުތަކެއް ކުންފުނީގެ ނަމުގައި ހިންގަމުންދާތީ ސަމާލުވުމަށް ޝީޝާއިން އެދިއްޖެއެވެ.

Advertisement

ޝީޝާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެކުންފުުނީގެ ނަން ބޭނުންކޮށް، އެކި ނަންނަމުގައި ސޯޝަލް މީޑިޔާ ސްކޭމުތަކެއް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން honda.sheesha.maldives@ ގެ ނަމުގައާ hello Fans ފަދަ ނަން ނަމުގައި ފޭސްބުކު ޕޭޖުތަކެއް ހިންގަމުންދާ ކަަމަށާ އެ ފަދަ ޕޭޖަކުން ލިންކެއް ހިއްސާކޮށްފި ނަމަ ޕޭޖުގެ ވެލިޑިޓީ ޗެކުކުރުމަށް ފަހު ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ޝީޝާއިން ވަނީ އެފަދަ ލިންކެއް ލިބިއްޖެ ނަމަ ޕޭޖުގެ ނަން ކަށަވރުކުރުމަސް އެދިފައެވެ. އެގޮތުން ޝީޝައިން ފޮނުވާ ލިންކެއް ނަމަ އިންނާނީ SheeshaPvtLtd@ ގެ ނަމުގައި ކަމަށް ވެސް ބުނެފައިވެއެވެ.

ޝީޝާއިން ނެރުނު އިއުލާން
ޝީޝާއިން ނެރުނު އިއުލާން

ޝީޝާއިން މިފަދަ އިއުލާނެއް ނެރެފައިވާއިރު ޓްރފިކު ޕޮލިހުންގެ ނަމުގައިވެސް ސްކޭމުތަކެއް ހިންގަމުން ގެންދާތީ އެ މުއައްސަސާއިން ވެސް ވަނި އެކަމަށް ސަމާލުވުމަށް އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved