July 6, 2026
Advertisement
-
-

ނޯވޭ އިން ފަސް ތަރީގެ ބްރެޒިލް ކަޓުވާލައިފި

Aiminath Sarah
އައިމިނަތް ސާރާ
Jul 6, 2026, 08:26 AM
މާލެ ސިޓީ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ބްރެޒިލް ބަލިކޮށް، ނޯވޭ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Advertisement

ބްރެޒިލާއި ނޯވޭ ބައްދަލުކުރި މި ފޯރިގަދަ މެޗު ނޯވޭ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނޯވޭގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމާއެކު، ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް ވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައެވެ.

މި މެޗުގައި ނޯވޭގެ ތަރި އާލިން ހާލަންޑްގެ ފަރާތުން ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އޭނާގެ މަގުބޫލުކަން ދުނިޔޭގެ ފެންވަރުގައި ދަނީ އިތުރުވަމުންނެވެ. ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހާލަންޑްގެ ކުޅުމަށް އަންނަ ކުރިއެރުމާއެކު އޭނާގެ ފޭން ބޭސް ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ނޯވޭއަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު އާވެފައެވެ. މިއީ ބްރެޒިލް ފަދަ ވަރުގަދަ ޓީމެއް ބަލިކޮށް ނޯވޭ އިން ހޯދި ތާރީޚީ ކާމިޔާބީއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved