July 6, 2026
Advertisement
-
-

ވޯލްޑް ކަޕް: މިރޭގެ ފޯރިގަދަ ކުރިމަތިލުން ނޯވޭ އާއި ބްރެޒިލް ބައްދަލުކުރަނީ

Aiminath Sarah
އައިމިނަތް ސާރާ
Jul 5, 2026, 07:37 PM
މާލެ ސިޓީ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ފޯރިގަދަ މެޗްތައް ފެށިގެން ކުރިއަށް ދާއިރު މިރޭ ބްރެޒިލް އާއި ނޯވޭ ބައްދަލުކުރާނެއެވެ. މިއީ މުޅި ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުން އިންތިޒާރު ކުރަމުންދާ ވަރުގަދަ ކުރިމަތިލުމެކެވެ.

Advertisement

ފުޓްބޯޅައިގެ ތާރީޚަށް ބަލާއިރު ބްރެޒިލް އަކީ އަބަދުވެސް މުބާރާތުގެ އެންމެ ފޭވަރިޓް ޓީމެވެ. ނަމަވެސް، މިއަހަރުގެ މުބާރާތުގައި ނޯވޭގެ މަޝްހޫރުކަން ވަނީ ބްރެޒިލްއަށްވުރެ ވެސް އިތުރުވެފައެވެ. މި ބަދަލުގެ އެންމެ ބޮޑު ސަބަބަކީ ނޯވޭގެ ތަރި އާލިން ހާލަންޑެވެ. ސޯޝަލް މީޑިއާގައި ހާލަންޑަށް އޮތް ތާއީދު އިންތިހާއަށް ބޮޑުވެފައިވާއިރު، އޭނާއަށް ޚާއްޞަކޮށްގެން މިހާރު ވަނީ ލަވައެއްވެސް ނެރެފައެވެ.

ވޯލްޑް ކަޕްގެ ތާރީޚަށް ނަޒަރު ހިންގާއިރު، ބްރެޒިލް އަކީ އެންމެ ގިނަ ފަހަރު ތަށި އުފުލާލާފައިވާ ޤައުމެވެ. އެއާ ޚިލާފަށް ނޯވޭއަކީ ތާރީޚުގައި ބްރެޒިލް ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމަކަށް ނުވި ނަމަވެސް، މިފަހަރުގެ މުބާރާތުގައި އެ ޓީމުން ދައްކަމުންދާ ކުޅުމާއެކު އެއީ ބްރެޒިލަށް އޮތް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.

މިރޭގެ މެޗަށް ދެ ޓީމު ނުކުންނައިރު، މިއީ މުބާރާތުގެ ދެ ފޭވަރިޓުންގެ ކުރިމަތިލުމެކެވެ. ނަމަވެސް، މުބާރާތުގެ ކުރިއަށްދާނީ ކޮންމެވެސް އެއް ޓީމެކެވެ. ބްރެޒިލްގެ ތަޖުރިބާ އާއި ހުނަރަށް ނޯވޭގެ ޒުވާން ޖޯޝާއި ހާލަންޑުގެ ނުރައްކާތެރިކަން ކުރި ހޯދާނެބާއެވެ؟ އެހެންވީމާ މިރޭ މޮޅުވާނީ ކޮން ބައެއް؟

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved