ސައިކަލު ވިއްކާ ގިނަ ކުންފުނިތަކުގެ ވިޔަފާރި ބިނާވެފައި އޮތީ އިންސްޓޯލްމެންޓަށް ސައިކަލު ދޫކުރާ މޮޑެލްއަށް / ޝީޝާ
ވިޔަފާރި
ރާއްޖޭގައި ސައިކަލް ވިއްކާ ކުންފުނިތަކުން އިންސްޓޯލްމަންޓަށް ސައިކަލް ވިއްކުން ހުއްޓާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 ޖެނުއަރީ 2025
މާލެ ސިޓީ

ރާއްޖޭގައި ސައިކަލް ވިއްކާ ކުންފުނިތަކުން އިންސްޓޯލްމަންޓަށް ސައިކަލް ވިއްކުން ހުއްޓާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން އެ މިނިސްޓްރީން ވަނީ ސައިކަލު އެތެރެ ކުރާ ކުންފުނިތައް ހިމެނޭ ގޮތަށް ހުރިހާ ކުންފުންޏަކުން ވެސް ސައިކަލު ރަޖިސްޓްރީ ކުރެވޭނީ އެ ކުންފުންޏަކަށް ބޭނުންވާ އަދަދަށް ކަމަށް ކަނޑައަޅައި ގަވާއިދު ބަދަލުކޮށްފަ އެވެ. އެ ގަވާއިދަށް އަމަލު ކުރަން ފެށި ޑިސެމްބަރު މަހެވެ.

އެ ބަދަލާ ގުޅިގެން މީގެ ފަހުން "ސީ" ބޯޑުގައި ސައިކަލުތައް ދޫކުރަމުން އައި އައުން ނިމުމަކަށް އައިސް، ސައިކަލު ދެން ދޫކުރެވޭނީ "ޕީ" ބޯޑުގައި އެކަންޏެވެ. މި ބަދަލަކާ އެކު އިންސްޓޯލްމެންޓަށް ސައިކަލު ދޫކުރާ މޮޑެލްއަށް ހިންގަމުންއައި ކުންފުނިތަކަށްވަނީ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފަ އެވެ.

މި ބަދަލާ އެކު އިންސްޓޯލްމެންޓަށް ސައިކަލު ދޫކުރުން މެދުކަނޑާލި ކުންފުނިތަކުގެ ތެރޭގައި ސައިކަލު ވިޔަފާރީގައި ގިނަ ދުވަސްވީ ޝީޝާ ހިމެނެ އެވެ.

މި ގެއްލުމާއި ކުރިމަތި ލާން ޖެހުނު ކުންފުންނެއްގެ ވެރިއަކު ބުނީ މިނިސްޓްރީން ގަަވައިދަށް ކުއްލިއަކަށް މި ގެނައި ބަދަލާ ގުޅިގެން ވިޔަފާރިއަށް ވެސް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. އެހެންވެ މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދު ކުރިން އޮތް ގޮތުން ކުންފުނިތަކުގެ ނަމުގައި ސައިކަލުތައް ދޫކުރަން އެއްވެސް ހުރަހެއް ނޯވެ އެވެ. އެގޮތުން ސައިކަލު ވިއްކާ ކުންފުނިތަކުން ދިޔައީ އިންސްޓޯލްމަންޓަށް ކުންފުނިތަކުގެ ނަންމަތީގައި ސައިކަލުތައް ދޫކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved