April 23, 2026
Advertisement
Z.
Z.

ގޭންގުތަކުގައި ހަރަކާތްތެރިވާ މީހުން ޖަލަށް ނުލާނެކަމަށް އިހުސާން ބުނެފި

Apr 23, 2026, 04:09 PM

މި ސަރުކާރުގެ އަމާޒަކީ ގޭންގުތަކުގައި ހަރަކާތްތެރިވާ މީހުން ޖަލަށްލުން ނޫން ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Advertisement

ގޭންގު ކުށްތައް ހުއްޓުވާ އެކަމުގައި އުޅޭ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެފައެވެ. 

ނަމަވެސް ފެނިގެން ދަނީ އެފަދަ ފަރާތްތަކަށް ސިޔާސީ މަގާމުތަށް ބަހައި ސަރުކާރު ތެރޭ ހުސް ގުންޑާއިން ގެންގުޅޭ ތަނެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ފަދަ ގުރޫޕުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރުވެސް އެފަދަ ދެ ތިން ގްރޫޕެއް ފާހަގަކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އިހުސާން މިފަދައިން ވިދާޅުވިއިރު މުއިއްޒު ވަނީ ރާއްޖޭގައި އެއްވެސް ގޭންގެއް މިހާރު ނެތްކަަމަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުން އަލަށް ފާސްކުރި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ބޮޑެތި ބާރުތަކެއް ކަމާބެހޭ އިދާރާތަކަށް ދީފައިވިޔަސް އެފަދަ ފިޔަވަޅުތައް އެޅުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved