
މާލީ ވަޒީރުކަމުގައި ބހުންނެވި މޫސް ޒަމީރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަމީރު އިސްތިއުފާ ދެއްވާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.
ޒަމިރު ވަޒީރު ކަމުން އިސްތިއުފާ ދެއްވި އޭނާ ވަނީ ރައީސް މުއިއްޒު، މާލީ ގޮތުން ނަންގަވާ ބައެއް ފިޔަވަޅުތަކާ ނިންމަވާ ބައެއް ނިންމުންތަކާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ކަމަށްވެއެވެ. ވަކިން ހާއްސަކޮށް، ސަރުކާރުން ފައިސާ މެނޭޖުކުރާ ގޮތާ މެދު ޒަމީރު ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވާ ކަމަށާއި، އެކަންކަން އިސްލާހުކުރަން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށްވެސް އެ ބޭފުޅާ ވިދާޅުވިއެވެ.
ޒަމީރު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، 2028ގެ ރިޔާސީ އިންތިހާބުގައި އެނާ ވާދަކުރައްވާނެ ކަމުގެ އަޑުތަކެއްވެސް ދާދި ފަހުން ފެތުރިފައިވެއެވެ.
ޒަމީރުއަށް އިސްތިއުފާ ދެއްވަން އަންގަވާ ރައީސް މުއިއްޒު އެ މަގާމު ހުށަހެޅުއްވީ އެސްޓީގެ އެމްޑީގެ މަގާމުގައި ހުންނެވި ޝިމާދު އިބްރާހިމު އަށެވެ. ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރެއްވުމުން، ކުރީގެ ގަވަރުނަރު ޑރ.އަޒީމާ އާދަމްއަށް އެ މަގާމު ހުށަހަޅާ މިހާރު އެކަމަނާ ވަނީ އެ މަގާމު ގަބޫލުކުރައްވާފައި ކަމަށް މައުލޫމާތު ވަނީ ލިބިައެވެ.
ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 30 ސެޕްޓެމްބަރު 2024 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޚާރިޖީ ވަޒީރުކަމުގައެވެ.










