
ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ރެއިޑް ކުރަމުންދާތީ، އެމްޖޭއޭގެ ބައެއް މެމްބަރުންނާއި ގިނަ އަދަދެއްގެ ނޫސްވެރިން އަންނަނީ އެ ނޫހުގެ އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރަމުންނެވެ.
އިހުތިޖާޖުގެ ބައިވެރިން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ނޫސްވެރިކަން "ފުނޑާލުމަށް" މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.
މިގޮތުން، ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ނޫސްވެރިންނަށް ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ހަބަރު ފެތުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ނޫސްވެރިން ދަނީ އަޑުއުފުލަމުންނެވެ.
ކޮންޓްރޯލް ކޮމިޝަނުން ވަނީ ޗެނަލް 13 އިން ލައިވްކޮށް ގެނެސްދޭ ޕީއެންއެފްގެ މަގުމަތީ ހަރަކާތް ވެސް ދުރަށް ނުދެއްކުމަށް އެދި ސިޓީ ފޮނުވާފައެވެ.
މީޑިއާގައި ތަޅު އެޅުވުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.




