March 20, 2026
Advertisement
ފިޔާޒުއަށް ރައީސް މުއިއްޒު ބިރު ދައްކަވާ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި
ފިޔާޒުއަށް ރައީސް މުއިއްޒު ބިރު ދައްކަވާ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި / ސޯޝަލް މީޑިއާ

ފިޔާޒުއަށް ބިރު ދެއްކި މައްސަލަ އިންސާފުވެރިކޮށް ތަހުގީގުކުރަން ޓްރާންސްޕޭރެންސީއިން ގޮވާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 17, 2025, 09:55 PM
މާލެ ސިޓީ

ނޫސްވެރިޔާ ހުސެއިން ފިޔާޒު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ބިރުދެއްކެވި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

Advertisement

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިކަން ކުރުމަށް މިނިވަން މާހައުލެއް ފަހިވެފައި އޮތުމަކީ ޑިމޮކްރެޓިކް މުޖުތަމައުއެއް ދުޅަހެޔޮކޮށް އޮތުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށް ގޮވާލާފައިވާ ކަންކަން އެ ޖަމްއިއްޔާއިން ވެސް ތަކުރާރު ކުރާ ކަމަށާ ނޫސްވެރިންނަށް ބިރު ދައްކާ ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގަން ޖެހޭކަމަށް ޓްރާސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޖޭއޭއިން ވެސް ނެރުނު ބަޔާނުގައި ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ގޮވާލާފައެވެ. އަދި މައްސަލައިގެ މައުލޫމާތު ހޯދުމަށް ފިޔާޒު އެކައުންސިލަށް ހާޒިރުކުރުމަށްވެސް ނިންމާފައިވެއެވެ.

މި މަހުގެ 14 ވަނަ ދުވަހުގެރޭގެ އިރާކޮޅު ރައީސް ޑރ މުހައްމަދު މުހައްމަދު ފިޔާޒިއަށް ބިރު ދައްކަވާފައިވާ ކަމަށް ވަނީ ފޯނުން ގުޅުއްވައިގެން ކަމަށް ކުރިން އަދަދު ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި މައްސަލަ ފުލުހަށްވެސް ހުށަހަޅާފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.

ރައީސް މުއިއްޒު ފިޔާޒުއަށް އިންޒާރުދެއްވާ ބިރު ދެއްކެވީ ކޮން ސަބަބަކާ ހުރެ ކަމެއް ނަމަވެސް އަދި ހާމަވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved