May 3, 2026
Advertisement
ޔޫއޭއީގެ ވައިގެ ސަރަހައްދުގައި އެޅި ފިޔަވަޅުތައް އުފުލައި، އާންމު ހާލަތަކަށް ގެނެސްފި
ޔޫއޭއީގެ ވައިގެ ސަރަހައްދުގައި އެޅި ފިޔަވަޅުތައް އުފުލައި، އާންމު ހާލަތަކަށް ގެނެސްފި / ސޯޝަލް މީޑިއާ

ޔޫއޭއީގެ ވައިގެ ސަރަހައްދުގައި އެޅި ފިޔަވަޅުތައް އުފުލައި، އާންމު ހާލަތަކަށް ގެނެސްފި

May 3, 2026, 01:46 PM

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވައިގެ ސަރަހައްދުގައި އަޅާފައިވާ ވަގުތީ ފިޔަވަޅުތައް އުފުލައި، ވައިގެ ދަތުރުފަތުރުގެ ކަންކަން އާންމު ހާލަތަކަށް ގެނެސްފިއެވެ.

Advertisement

ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ) އިން ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަލާމަތީ އަދި އޮޕަރޭޝަނަލް ޙާލަތު ވަރަށް ފުރިހަމައަށް ވަޒަންކުރުމަށް ފަހުގައި، އެ ގައުމުގެ ވައިގެ ސަރަހައްދުގައި އަޅާފައިވާ ވަގުތީ ފިޔަވަޅުތައް އުފުލައި، ވައިގެ ދަތުރުފަތުރުގެ ކަންކަން އާންމު ހާލަތަށް ގެންނަން ނިންމީ ކަމަށެވެ.

މީގެ އިތުރުން އެ އޮތޯރިޓީއިން ވަނީ، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖައެއްގައި ކަށަވަރުކުރުމަށް ޓަކައި، ވަގުތުން ވަގުތަށް ކަންކަން މޮނިޓަރކުރަމުން ގެންދާނެކަމުގެ ޔަޤީންކަންވެސް ދީފައެވެ. އެންމެ ބޮޑު އިސްކަމެއް ދެނީ ވައިގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކަމަށްވެސް ޖީސީއޭއޭއިން ހާމަކޮށްފައިވެސް ވެއެވެ.

ބަޔާން ނިންމާލަމުން ޖީސީއޭއޭއިން ވަނީ، ފާއިތުވި ދުވަސްތަކުގައި ފަސިންޖަރުންނާއި އެއާލައިންތަކުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ކޮންމެ ހާލަތަކަށް އިޖާބަދިނުމަށް އެ އޮތޯރިޓީގެ ޓެކްނިކަލް އަދި އޮޕަރޭޝަނަލް ޓީމުތައް ފުރިހަމައަށް ތައްޔާރަށް ތިބިކަން ކަށަވަރުކޮށްދެއްވާފައިވެއެވެ.

މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިގެން ދިއުމާ އެކު، ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން ޔޫއޭއީގެ ވައިގެ ސަރަޙައްދަށް ގެނައި ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓުތަކަކަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެގެން ދިޔައެވެ.

މެދުއިރުމަތީގެ ހަތް އެއާޕޯޓަކުން 3،400 އަށްވުރެ ގިނަ ފްލައިޓު ކެންސަލްކުރަން ޖެހުނުއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އުފުލާ އެމިރޭޓްސް، އިއްތިހާދު އެއާވޭސް އަދި ފްލައިދުބާއީ ފަދަ އެއާލައިންތަކުގެ ދަތުރުތައް މަޑުޖައްސާލަން ޖެހިގެން ދިޔަމަށް ރިޕޯޓުތައްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved