May 5, 2026
Advertisement
ޔޫއޭއީގެ ފުޖައިރާއަށް އިރާންގެ ވަރުގަދަ ހަމަލާތަކެއް!
ޔޫއޭއީގެ ފުޖައިރާއަށް އިރާންގެ ވަރުގަދަ ހަމަލާތަކެއް! / ރޮއިޓަރސް

ޔޫއޭއީގެ ފުޖައިރާއަށް އިރާންގެ ވަރުގަދަ ހަމަލާތަކެއް!

May 5, 2026, 01:40 AM
މާލެ ސިޓީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިރުމަތީ އައްސޭރީގައި، ތެޔޮ ބޭރުކުރުމާއި، ކަނޑުދަތުރުފަތުރުގެ ސަރަހައްދެއްގެ ގޮތުގައި އޮންނަ ފުޖައިރާއަށް އިރާނުގެ ވަރުގަދަ ޑްރޯނު ހަމަލާތަކެއް އަމާޒުވެއްޖެ ކަމަށް ރިޕޯޓުކޮށްފިއެވެ.

Advertisement

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ ޑްރޯން ހަމަލާއަކާ ގުޅިގެން ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީސް ޒޯން (އެފްއޯއައިޒެޑް) ގައި އަލިފާން ރޯވެފައިވެއެވެ.

މި ހަމަލާތަކުގެ ތެރެއިން އީރާނުގެ ޑްރޯނެއް ވަނީ ޔޫއޭއީގެ އިރުމަތީގައި އޮންނަ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އަމާޒުވެފައިވާއިރު، ފުޖައިރާގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑްރޯން ހަމަލާގެ ސަބަބުން އެ މަރުކަޒުގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ސިވިލް ޑިފެންސްގެ ޓީމުތަކުން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތުދެއެވެ. އަދި  މިއާއެކު ބެލެވޭ ގޮތުގައި އެމެރިކާގައި ތިން ޑޮލަރަށް ވުރެ މައްޗަށް ތެލުގެ އަގު އުފުލި  ބްރެންޓް ތެލުންވެސް ލީޓަރަކުން ފަސް ޑޮލަރަށް ވުރެ މައްޗަށް ދާނެއެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން އިއުލާން ކުރި ގޮތުގައި މެއި މަހުގެ 4 ވަނަ ދުވަހު ޔޫއޭއީގެ ވައިގެ ދިފާއީ ބާރުތަކަށް އީރާނުން 12 ބެލިސްޓިކް މިސައިލާއި ތިން ކްރޫޒް މިސައިލާއި ހަތަރު ޑްރޯން ހަމަލާތައް ފޮނުވާފައިވެއެވެ. އެ ހަމަލާތަކުގެ ސަބަބުން ތިން މީހަކަށް ވަނީ ވަރަކަށް އަނިޔާވެފައި ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ހަނގުރާމަ ފެށުނު ފަހުން ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ 549 ބެލިސްޓިކް މިސައިލާއި 29 ކްރޫޒް މިސައިލާއި 2،260 ޑްރޯން ފޮނުވާފައެވެ. މިއަދުގެ ހަމަލާތަކަށްފަހު، ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 227އަށް އަރާފައި ކަމަށް ޔޫއޭއީން ހާމަކޮށްފައިވެއެވެ.

ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިނުވެއެވެ. ނަމަވެސް ތެޔޮ ރައްކާކުރާ ބައެއް ތާނގީތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތެޔޮ ބަރުކުރުމުގެ ބައެއް މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ސަލާމަތީ މަސްރަޙު ވަނީ އިތުރަށް ގޯސްވެފައެވެ. ޚާއްޞަކޮށް، ފުޖައިރާއަކީ ހުރްމޫޒް ކަނޑުއޮޅި ބޭނުންނުކޮށް ޔޫއޭއީގެ ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ މުހިންމު ލައިނެއްގެ ނިމޭ ހިސާބު ކަމަށްވުމުން، މި ހަމަލާގެ ސަބަބުން ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއިން، އީރާނުން ރައްދު ދިނުމުގެ ގޮތުން ދެމުންގެންދާ ހަމަލާތަކެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހާދިސާއާ ގުޅިގެން ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ފުޖައިރާގެ ތެޔޮ މަރުކަޒަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިއީ ފަހުގެ ތާރީޚެއްގައި އީރާނުން ޔޫއޭއީއަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.

ފުޖައިރާއަކީ ގަލްފް އޮފް އޮމާންގައި އޮންނަ މުހިންމު ބަނދަރުމަތީ ސިޓީއެކެވެ. މިއީ ތެޔޮ ބޭރުކުރުމާއި، ކަނޑުދަތުރުފަތުރުގެ ސަރަހައްދެއްގެ ގޮތުން އަސްކަރީ އަދި އިގްތިސާދީ ގޮތުން ވަރަށް ބޮޑު ސަރަހައްދީ ހަމަނުޖެހުންތަކެއްގައި ފާހަގަކުރެވޭ ތަނެކެވެ.

ފުޖައިރާއާ ގުޅޭ މުހިންމު ކަންކަން:

އެ ސަރަހައްދުގެ ސަލާމަތީ ހާލަތަކީ އަބަދުވެސް ބަދަލުވަމުންދާ، ނާޒުކު ހާލަތެކެވެ.

މިފަދަ ހަމަނުޖެހުމެއް އަނެއްކާވެސް އުފެދިފައިވަނީ އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު ދަނޑިވަޅެއްގައި ޓްރަމްޕްގެ ވެރިކަމުގައި ސްޓްރޭޓް އޮފް ހޮރްމޫޒް މެދުވެރިކޮށް ވިޔަފާރި ބޯޓުފަހަރު އަލުން ފެށުމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރަމުން ދަނިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved