May 4, 2026
Advertisement
ލަންކާގައި ރައީސް ބާއްވާ ބައްދަލުވުމަށް ނުދިއުމަށް ބައެއް ދިވެހިންނަށް އަންގަނީ އާންމުންގެ ކަންބޮޑުވުންތަކާ އެކު ހިތްހަމަ ނުޖެހުން ފާޅުކޮށްފާނެތީ!
ލަންކާގައި ރައީސް ބާއްވާ ބައްދަލުވުމަށް ނުދިއުމަށް ބައެއް ދިވެހިންނަށް އަންގަނީ އާންމުންގެ ކަންބޮޑުވުންތަކާ އެކު ހިތްހަމަ ނުޖެހުން ފާޅުކޮށްފާނެތީ! / ސޯޝަލް މީޑިއާ

ލަންކާގައި ރައީސް ބާއްވާ ބައްދަލުވުމަށް ނުދިއުމަށް ބައެއް ދިވެހިންނަށް އަންގަނީ އާންމުންގެ ކަންބޮޑުވުންތަކާ އެކު ހިތްހަމަ ނުޖެހުން ފާޅުކޮށްފާނެތީ!

May 4, 2026, 03:31 PM
މާލެ ސިޓީ

ލަންކާގައި ރައީސް ބާއްވާ ބައްދަލުވުމަށް ނުދިއުމަށް ބައެއް ދިވެހިންނަށް އަންގަނީ އާންމުންގެ ކަންބޮޑުވުންތަކާ އެކު ހިތްހަމަ ނުޖެހުން ފާޅުކޮށްފާނެތީކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ރާއްޖެ އެމްބަސީއިން ލަންކާގެ ފުލުހުންގެ މެދުވެރިކޮށް ކޮލަމްބޯގައި ދިރިއުޅެމުންދާ ބައެއް ދިވެހީން ދިރިއުޅެމުންދާ ގޭގެގެއަށް ލަންކާ ފުލުހުން ގޮސް އެ ދިވެހިންނަށް ބިރުދައްކާ އެ ބައްދަލުވުމަށް ނުދިއުމަށް އަންގާ ބިރުދައްކަމުންދާ ކަމަށް ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ޗެނަލް13އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބާއްވާ ރިސެޕްޝަނާ ދިމާކޮށް، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން  މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެމްބަސީއިން ލިސްޓެއް ތައްޔާރުކޮށް ލަންކާ ފުލުހުންނާއި ނެޝަނަލް ސެކިއުރިޓީ މެދުވެރިކޮށް ދިވެހިން ދިރިއުޅޭ ގެތަކަށް ގޮސް ބިރުދައްކަމުންދާ ކަމަށެވެ.

ލަންކާގައި ހުންނަ ދިވެހި ސަގާފީ މަރުކަޒު ނުވަތަ ސޯސަންވިލާ ހިންގުމުގައި ހުރި ބައެއް މައްސަލަތަކާއި، އެތަނުގައި ކިޔަވައިދޭ ގޮތާއި ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޝަކުވާ ކުރަމުންދާ ބެލެނިވެރިންނަށް އަމާޒުކޮށް މި ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. އެގޮތުން ބައެއް ބެލެނިވެރިންގެ ނަން ލިސްޓުކޮށް، ލަންކާ ފުލުހުންނާއި ނެޝަނަލް ސެކިއުރިޓީ އިން އެ މީހުން ދިރިއުޅޭ ގެތަކަށް ފޮނުވައިގެން ބަޔާން ނަގައި، ރައީސް ބާއްވާ ބައްދަލުވުމަށް ނުދިއުމަށް އަންގާ ބަޔާނެއްގައި ސޮއިކުރުވާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މި ވާހަކަތައް ދިވެހި ނޫސްތަކަށް އެރުމުން މިކަން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ސޯސަން ވިލާ ގްރޫޕުގައި ދޮގުކޮށް، އެއީ ފިތުނަ ހަދަން ފަތުރާ ވާހަކަތަކުގެ ގޮތުގައި ސިފަކޮށްފައިވީ ނަމަވެސް އެމަބްސީގެ ރަސްމީބަހެއް މިކަމުގައި ނެތްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved