May 6, 2026
Advertisement
.
.

އިރާނުން އެމެރިކާގެ ދެ މަނަވަރަަކަށް ޖާސްކު އައިލެންޑް ކައިރިން ހަމަލާ ދީފި

Yana Shareef
ޔާނާ ޝަރީފް
May 4, 2026, 06:21 PM

އީރާނުގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެ އުޅުނު އެމެރިކާގެ މަނަވަރަކަށް، އީރާނުގެ ޖާސްކް އައިލެންޑް ކައިރިން ދެ މިސައިލް ހަމަލާ އަމާޒުވެއްޖެއެވެ.

Advertisement

ފާރިސް ނިއުސް އެޖެންސީން ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ އެ ސަރަހައްދުން ބޭރުވުމަށް އީރާނުން ދިން ތަކުރާރު އިންޒާރުތަކަށް އެމެރިކާގެ މަނަވަރުން އިޖާބަ ނުދިނުމާ ގުޅިގެންނެވެ. މިއީ އެޕްރީލް މަހުން ފެށިގެން އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުގެ ނަތީޖާއެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނީ، ހުއްދަނެތި އީރާނުގެ ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދަކަށް ހަމަލާދިނުމަށް އެގައުމުގެ އައްސޭރިފަށުގެ ފައުޖުތައް އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅިން އެމެރިކާގެ މަނަވަރުތައް ވަނުން އީރާނުން މިހާރު ވަނީ ހުއްޓުވާފައެވެ. މި ކުރިމަތިލުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުއްލިއަކަށް އުފުލި، އިގްތިސާދަށް ބޮޑު ލޮޅުމެއް ވަނީ އަރާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved