May 27, 2026
Advertisement
.
.

އަތޮޅު ކައުންސިލްތައް އިއާދަކުރަން ހުށަހެޅި ބިލު ބޭރުކޮށްލައިފި

Yana Shareef
ޔާނާ ޝަރީފް
May 4, 2026, 09:26 PM

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނުއަސާސީން ކަނޑައަޅާފައިވާ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން ގެނައި އިސްލާހު އުވާލުމަށް އެމްޑީޕީން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ

Advertisement

. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި ބިލު ބަލައިނުގަތުމަށް މަޖިލީހުގެ 45 މެންބަރުން ވޯޓު ދެއްވިއިރު، ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެމްޑީޕީގެ 8 މެންބަރުން އެކަންޏެވެ.

މި ބިލު ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމަކީ އެކަށީގެންވާ ދިރާސާއެއް ނުވަތަ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެއް ނެތި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ވިސްނުންފުޅަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އަދި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކަށް ރައްޔިތުންގެ ތާއީދު ނެތްކަން، އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ހާމަވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލަރުންގެ އަދަދު މަދުކުރަން ނިންމި ބަދަލަކީ ރައްޔިތުންގެ އެދުމާ އެއްގޮތް ބަދަލެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަތޮޅު ކައުންސިލްތައް އުވާލުމުގެ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved