March 15, 2026
Advertisement
-
- / ސަން އޮންލައިން

ކެހިވެރިކަމާ އެކު އުޅެނީ އަސާސީ މަބްދައުތަކާއި މަފްހޫމްތައް ނައްތާލަން: ޑރ އަހުމަދު

Mariyam Isaadha
މަރިޔަމް އިސާދާ
Nov 27, 2025, 08:16 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އުޅެނީ ކެހިވެރި ރޭވުމެއްގެ ތެރެއިން ޤާނޫނުއަސާސީގައި އެކަށައަޅާފައިވާ އަސާސީ މަބްދައުތަކާއި މަފްހޫމްތައް ނައްތާލަން ކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

Advertisement

ޑރ އަހުމަދު ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ަޖމީލު އަހުމަދު، އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޕޯސްޓެއް ރިޕޯސްޓުކުރައްވާ ޑރ އަހުމަދު ވިދާޅުވީ، ޤާނޫނު އަސާސީ އިޞްލާޙު ކުރުމުގެ ނަމުގައި މިފަހަކަށް އައިސް، ކެހިވެރިކަމާއެމު ސަރުކާރުން ކުރާ ކަމަކީ ޤާނޫނު އަސާސީގައި އެކަށައަޅާފައިވާ އަސާސީ މަބްދައުތަކާއި މަފްހޫމްތައް ނައްތާލުން ކަމަށެވެ.

އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީއަށް ގެނެވުނު އިޞްލާޙުގެ ނަތީޖާއަކީ އަތޮޅަކީ ލޯކަލް (އިދާރީ) ދާއިރާ އެއްކަމަށް އިންކާރުކުރުން ކަމަށާ އެއީ ތާރީޚާއި ޖިއޮގްރަފީއަށް ވެސް އިންކާރުކުރުމުގެ ގޮތުގައި ޑރ އަހުމަދު ސިފަކުރައްވާފައިވެއެވެ. އަދި، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގެ ބާރު ކަނޑުވާލުމާއެކު، ޤާނޫނު އަސާސީގެ ޖަދުވަލު (2) ޢަމަލީގޮތުން އުވާލުން ކަންވެސް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ވަނީ ފާހަގަކުރައްވާފައެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު އެކަމާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލަމުން ދެއެވެ. ނަމަވެސް ރައްޔިތުންގެ އަޑު ގާތުން އަހާނެ ކަމަށް ބުނާ ސަރުކާރަށް އެ އަޑެއް ނީވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved