May 6, 2026
Advertisement
.
. / އަދަދު

އީސީ ފެއިލްވީ ޕީއެންސީން 'ގަރުުދިޔަ ޕާޓީ' އަށް މީހުން ވެއްދި ދުވަހު - މަލީހް

Yana Shareef
ޔާނާ ޝަރީފް
May 6, 2026, 11:44 AM

އިލެކްޝަންސް ކޮމިޝަން (އީސީ) ފެއިލްވެފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމާ ގުޅިގެން، ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Advertisement

މަލީހް ވިދާޅުވީ އީސީ ފެއިލްވީ "ގަރުދިޔަ ޕާޓީ" އަށް ޕީޕީއެމްގެ 70،000 މީހުން ވެއްދި ދުވަހު ކަމަށާއި، އެއީ ރައްޔިތުންގެ ހަތަރުކަަން ފައިގެ އިނގިލީގެ ނިޝާން ވަގަށް ޖަހައިގެން ހިންގި ޖަރީމާއެއް ކަމަށެވެ. ޑީއެންއާރް ޑޭޓާބޭސް ވަގަށް ނަގައި، މީހުންގެ ސޮއި އަމިއްލައަށް ކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމަކީ ރައީސް މުއިއްޒު އިސްވެ ހުންނަވައިގެން ހިންގެވި ބޮޑު ޖަރީމާއެއްގެ ގޮތުގައި މަލީހް ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އީސީގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވަމުން މަލީހް ވަނީ، އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ނެންގެވީ ކީއްކުރަންތޯ ސުވާލު ކުރައްވާފައެވެ. ސަރުކާރުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން މުއައްސަސާތަކުގެ އިތުބާރު ގެއްލިފައިވާކަން ފާހަގަކުރައްވަމުން، ޕީއެންސީގެ މެންބަރުން އިތުރުކުރަން ހިންގި ކަންކަމަކީ ގާނޫނާ ޚިލާފު ކަންތައްތަކެއް ކަމަށް މަލީހް ތުހުމަތުކުރެއްވިއެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved