June 7, 2026
Advertisement
-
- / ތޭރަ އޮންލައިން

މުއިއްޒު އުޅުއްވަނީ ހިންޏަށް ހަކުރު އޮޅުވާލަން: މަލީހް

Aiminath Sarah
އައިމިނަތް ސާރާ
Jun 7, 2026, 11:53 AM
މާލެ ސިޓީ

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ ކާމިޔާބު ކުރެއްވުމާ ގުޅިގެން، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ "ހިންޏަށް ހަކުރު އޮޅުވާލަން" ކަމަށެވެ. އައްޑޫ ސިޓީގެ މަޖިލިސް ގޮނޑީގެ ނަތީޖާއިން ކަންކަން ސާފުވެއްޖެ ކަމަށާއި، ޕީއެންސީއަށް އެ ގޮނޑި ގެއްލި، މިހާރު އެ ގޮނޑީގައި ހުންނެވީ ސޯބެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މަލީހް އިތުރަށް ވިދާޅުވީ، ދެން "ޔޯލަ ޔޯލަ" ވާހަކަ ދައްކައިގެން އޮޅުވައިލެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ރައީސް މުއިއްޒުއާ ގުޅުން ބޭއްވުމަކީ  މިހާރު ސިޔާސީ ގޮތުން އޮތް "ލައިބިލިޓީއެއް" ނުވަތަ ބުރައެއްގެ ގޮތުގައި މަލީހް ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ކޮންމެ އިންތިޚާބެއްގައިވެސް މުއިއްޒު ވާދަކުރިއަސް ބަލިވާނެ ކަމަށް ސިފަކޮށް މަލީހް ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ. މި ނަތީޖާއަކީ ސަރުކާރަށް ރައްޔިތުން ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved