May 27, 2026
Advertisement
-
-

ޕްރެޝަރު ބޮޑުވެ މެއި މަހުގެ މުސާރައާއި އިނާޔަތްތައް މިމަހުގެ 28 އަދި 31 ވަނަ ދުވަހު ދެނީ

Aiminath Sarah
އައިމިނަތް ސާރާ
May 26, 2026, 06:21 PM
މާލެ ސިޓީ

މި ހިނގާ މެއި މަހުގެ މުސާރަ ޖަމާކުރުން ލަސްވަމުންދާތީ އާންމުންގެ ފާޑުކިޔުންތަކާއި ޕްރެޝަރު ސަރުކާރަށް ބޮޑުވެފައިވަނިކޮށް، މި މަހުގެ މުސާރައާއި އިނާޔަތްތައް މި މަހުގެ 28 އަދި 31 ވަނަ ދުވަހު ދިނުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މުސާރަ ލަސްވާތީ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

ސަރުކާރުން ކުރިން އުޅުނީ ކުރިއަށް އޮތް އަޟްޙާ އީދާ ދިމާކޮށް މުސާރަ ޖަމާކުރުމަށެވެ. މިކަމަށްޓަކައި މި މަހުގެ މުސާރަ ޝީޓުތައް ފަސް ދުވަސް ކުރިން ތައްޔާރުކޮށް ފޮނުވުމަށް އިދާރާތަކަށް އަންގާފައިވެއެވެ. ނަމަވެސް، މުސާރަ ލިބުން ލަސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މި މައްސަލައިގައި ގިނަ ބަޔަކު ދެކޭގޮތުގައި މައްސަލައަކީ އީދު ބަންދުގެ ކުރިއަށް މުސާރަ ދޭންޖެހެއޭ ކިޔާފައި އިދާރަތަކަށް މުސާރަ ޝީޓުތައް ނިންމަން އެންގުމެވެ. އެހެންނޫންނަމަ ސަރުކާރާއި ދެކޮޅަށް ރައްޔިތުން ޝަކުވާ ނުކުރާނެ ކަމަށް ބުނެ އާންމުން ނުރުހުން ފާޅުކޮށްފައިވެއެވެ. 

ސަރުކާރުގެ އިދާރާތަކުން މިހާރު ވަނީ މުސާރަ ޝީޓުތައް އަވަހަށް ފޮނުވުމުގެ މަސައްކަތް ނިންމާލާފައެވެ. ސަރުކާރާ ދެކޮޅަށް އުފެދިފައިވާ މި ޕްރެޝަރުގެ ސަބަބުން، މުސާރަ ދިނުމުގެ ކަންކަން އަވަސްކުރުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ބައެއް މުވައްޒަފުންނަށް މުސާރަ ލިބެން ފަށާނެ ކަމަށް ބެލެވޭއިރު، ހުރިހާ މުވައްޒަފުންނަށް މުސާރަ ޖަމާކޮށް ނިމޭނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. މިއީ އީދު ބަންދާ ދިމާކޮށް މުސާރަ ދިނުމަށް ކުރިން ރޭވި ރޭވުމަށް އައި ބަދަލެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. ސަރުކާރުން ބުނާ އެއްވެސް ގޮތަކަށް ހަމަ އެއްކަމެއްވެސް ނުދަނީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved