July 10, 2026
Advertisement
ޚަރަދު ކުޑަކުރަން މުވައްޒަފުން ވަކިކުރާކަމަށް ބުނާއިރު، އަނެއްކާވެސް ޑީއެމްޑީއެއް!
ޚަރަދު ކުޑަކުރަން މުވައްޒަފުން ވަކިކުރާކަމަށް ބުނާއިރު، އަނެއްކާވެސް ޑީއެމްޑީއެއް! / ވޮއިސް.އެމްވީ

ޚަރަދު ކުޑަކުރަން މުވައްޒަފުން ވަކިކުރާކަމަށް ބުނާއިރު، އަނެއްކާވެސް ޑީއެމްޑީއެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 9, 2026, 05:23 PM
މާލެ ސިޓީ

ސަރުކާރުގެ ރިކަރަންޓު ކަރަދުތައް އިތުރުވެ މާލީ ޑެފިޗިޓަކަށް ގޮސްދާނެ ކަމުގެ އިންޒާރުވެސް ލިބުމާއެކު، ޚަރަދު ކުޑަކުރަން މުވައްޒަފުން ވަކިކުރާކަމަށް ސަރުކާރުން ބުނާއިރު، އަނެއްކާވެސް ކުންފުންޏަކަށް ޑީއެމްޑީއެއް އައްޔަންކޮށްފިއެވެ.

Advertisement

އެގޮތުން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދަށް، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވަނީ ދީފައެވެ.

މުއާޒް އެ މަގާމަށް އައްޔަން ކުރީ ފެން ކުންފުނީގެ ބޯޑުން އެކަން ފާސްކޮށްގެން ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.  މިއީ މި ސަރުކާރުން އެމްޑަބްލިއުއެސްސީއަށް އައްޔަންކުރި ތިންވަނަ ޑީއެމްޑީއެވެ.

ގެ ތެރެއިން މުހައްމަދު ފަޒީލް ރަޝީދު ވަނީ "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިވާ ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވުމުން މަގާމުން ވަކިކޮށްފަ އެވެ. ފަޒީލް ވަކިކުރުމުން އެ މަގާމުގައި މިހާތަނަށް ހުންނެވީ އަބްދުއް ސަލާމްއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުން މުއާޒު އިސްތިއުފާދެއްވީ ޑިސެމްބަރު 2024ގައެވެ. ފެނަކައިން އިސްތިއުފާދެއްވައި އޭރު މުއާޒް އާންމުކުރެއްވި ސިޓީއެއްގައި ވަނީ، އޭނާ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެއް އަހަރުގެ ތެރޭ ކުންފުނި ހިންގަން ދިމާވި ދަތިތަކާއެކުގައި ވެސް ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށެވެ.

މުއާޒް އިސްތިއުފާ ދެއްވިއިރު އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އޮތީ އަމާޒުވެފައެވެ. އޭގެ ތެރޭގައި ނުއަގުގައި ކޭބަލްތަކެއް ގަތް މައްސަލައެއް ވެސް ހިމެނެއެވެ. ނަމަވެސް އެ މައްސަލައިގައި ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަންތައް ކުރައްވާފައިވާނެ ކަމަށް މުއާޒް ދެކޮޅު ހައްދަވައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved