July 8, 2026
Advertisement
ބޭރުގެ މީހުންނަށް ބިން ވިއްކުމަށް ފަހު އެމީހުންނަށް ފިޔަވަޅު އެޅޭނެތަ: ރައީސް ޔާމީން
ބޭރުގެ މީހުންނަށް ބިން ވިއްކުމަށް ފަހު އެމީހުންނަށް ފިޔަވަޅު އެޅޭނެތަ: ރައީސް ޔާމީން / ތޭރަ އޮންލައިން

ބޭރުގެ މީހުންނަށް ބިން ވިއްކުމަށް ފަހު އެމީހުންނަށް ފިޔަވަޅު އެޅޭނެތަ: ރައީސް ޔާމީން

Jul 7, 2026, 08:25 PM
މާލެ ސިޓީ

ދިވެހިރާއްޖެއިން ބިން ބޭރުގެ ފަރާތްތަކަށް ދޫކުރުމަށް ފަހު އެމީހުންގެ މައްޗަށް ދިވެހި ގައުމުގެ ގާނޫނީ ހުކޫމަތު ހިނގާނެތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ސުވާލެއް އަމާޒެއް ކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނަށް ސަހްޔޫނީންނާ ޔަހޫދީންވެސްހިޖުރަ ކުރީ ކަމަށާ ނަމަވެސް އެންމެ ފަހުން ޔަހޫދީން ފަލަސްތީނުގެ މުސްލިމުން އެމީހުންގެ ބިމުންނާ ވަޒަނުންވެސް ޔަހޫދީން ނެރެލީ ކަމަށެވެ. އެހެންކަމުން ޣާފިލުކަމުގައި ޖެހި މުއްސަދިކަން ހާސިލުކުރަންވެސް ގައުމުގެ ބިން ވިއްކުމަކީ ކުރަން ހެޔޮވާ ވަރުކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް ބިން ވިއްކި ނަމަވެސް ދިވެހިންނަށް އެމީހުންގެ މައްޗަށް އަމުރު މައުރޫފު ހިންގިދާނެކަމާމެދު ސުވާލު އުފެދޭ ކަަމށާ، އެހެން ގައުމުތަކުގައި އުޅޭ ދިވެހީންނާ މެދު ފިޔަވަޅު އެ ގައުމުތަކުގެ ސަރުކާރުތަކަށް އެޅުނަސް، ރާއްޖޭގައި އެކަން އެމަގުން ހިނގައިދާނެ ކަމާ މެދު ސުވާލު އެމަނިކުފާނު ވަނީ ސުވާލކު އުފައްދަވާފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ހާދިސާއިން އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved