July 9, 2026
Advertisement
ޕީއެންއެފްގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މިރޭ!
ޕީއެންއެފްގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މިރޭ! / ތޭރަ އޮންލައިން

ޕީއެންއެފްގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މިރޭ!

Jul 9, 2026, 03:18 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން މިރޭވެސް ފޯރިގަދަ ޖަލްސާއެއް ބާއްވާ ކަމަށް ހާމަކޮށްފިއެވެ.

Advertisement

މިރޭ 8:45 ގައި އެ ޕާޓީގެ އޮފީސް، "ފްރޮންޓް އޮފީސް"ގައި ޖަލްސާ ފެށުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި ޤައުމީ މަޞްލަޙަތާއި ގުޅުންހުރި މުހިންމު ކަންތައްތަކަކަށް މަޝްވަރާކުރާނެ ކަމަށް އެ ޕާޓީއިން ހާމަކުރެއެވެ.

ޕީއެންއެފްއިން ވަނީ މި ޖަލްސާގައި ބައިވެރިވުމުގެ ދަޢުވަތު ޤައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންނަށް އަރުވާފައެވެ. ވަކިން ޚާއްޞަކޮށް ރައީސް ޔާމީންގެ ސަޕޯޓަރުންނާއި، ޤައުމީ ފިކުރުގެ ބޭފުޅުން މި ޖަލްސާގައި ބައިވެރިވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.

މިރޭގެ ޖަލްސާގައިވެސް ރައީސް ޔާމީން ބައިވެރިވަޑައިގަންނަވާނެއެވެ.

ފްރޮންޓް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ މި ޖަލްސާތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. ރައީސް ޔާމީންގެ ބައިވެރިވެވަޑައިގަތުމާއެކު ބާއްވާ މިފަދަ ޖަލްސާތަކުގައި ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވެއެވެ.

މި ފަހަކަށް އައިސް ބާއްވާ ކޮންމެ ޖަލްސާއަކަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޙާޟިރުވަމުންދާއިރު، މި ޖަލްސާއަކީވެސް ފޯރިގަދަ ޖަލްސާއަކަށް ވާނެ ކަމަށް އެ ޕާޓީއިން ހާމަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved