May 27, 2026
Advertisement
.
. / -

މުވައްޒަފުންނަށް މުސާރަ ނުދީ ރައީސް ސިންގަޕޫރަށް ވަޑައިގަތުމަކީ އިންސާފެއްތޯ؟

May 27, 2026, 07:17 PM

އީދު ބަންދުގެ ކުރިން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ނުދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހިންގުންތެރިކަމެއް، ރޭވުންތެރިކަމެއް އަދި ހަރުދަނާ ސިޔާސަތެއް ނެތްކަން ދައްކުވައިދިން ކަމެއް ކަމަށާއި، މިއީ ރައީސްގެ ނާގާބިލުކަން ވަރަށް ސާފުކޮށް ހާމަވެގެންދިޔަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

މެންބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދުގެ ކުރިން މުސާރަ ނުދިނުމުން ރައްޔިތުންގެ ވިންދާއި އިހުސާސްތަކަކީ ރައީސް މުއިއްޒުއަށް މުހިންމު އެއްޗެއް ނޫންކަން ސާފު ބަހުން ބުނެދީފައިވާ ކަމަށެވެ. އަދި ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުދީ، އީދު ޗުއްޓީއަށް ރައީސް ސިންގަޕޫރަށް ވަޑައިގަތުމަކީ އިންސާފެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު ވަނީ، އީދުގެ ކުރިން މުވައްޒަފުންނަށް މުސާރަ ދެވޭވަރަށް ދައުލަތުގެ ތިޖޫރީގައި ފައިސާ ނެތީތޯ ވިދާޅުވެ، ސަރުކާރުގެ މާލީ ހާލަތާ މެދު ވެސް ސުވާލު އުފައްދަވައި ބަހުގެ ހަމަލާތަކެއް ރައީސް މުއިއްޒަށާއި ސަރުކާރަށް އަމާޒު ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved