May 28, 2026
Advertisement
މަށިމާލި ޕެރޭޑުގެ ލައިވަށް އިހުސާނުއާ މުއިއްޒު އަންގައިގެން ފުލުހުން ހުރަސް އަޅައިފި
މަށިމާލި ޕެރޭޑުގެ ލައިވަށް އިހުސާނުއާ މުއިއްޒު އަންގައިގެން ފުލުހުން ހުރަސް އަޅައިފި / ސޯޝަލް މީޑިއާ
ކުއްލި ހަބަރު

މަށިމާލި ޕެރޭޑުގެ ލައިވަށް އިހުސާނުއާ މުއިއްޒު އަންގައިގެން ފުލުހުން ހުރަސް އަޅައިފި

May 28, 2026, 05:43 PM
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ ކައުންސިލުން ލައިވްކުރަމުން ދިޔަ އެ ސިޓިގެ އީދު ކުޅިވަރުގައި ހިމެނޭ މަށިމާލި ފެރޭޑު ކުރިއަށް ދަނިކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާނުއާ ރައީސް މުހައްމަދު މުއިއްޒުގެ ލަފާފުޅާ އިރުޝާދުގެ މަތިން ޕެރޭޑުގެ ލައިވް، ފުލުހުން އަންގައިގެން ކަނޑާލައިފި ކަމަށް މައުލޫމަތު ލިބިއްޖެއެވެ.

Advertisement

މިނޫހަށް މައުލޫމާތު ލިބިފައިވާ ފޮތުގައި އެ ސިޓީ ކައުންސިލުން ލައިވް ކުރަން ގެންގުޅުނު އާލާތްތައް އަތުލާ ވަނީ ލައިވް ކުރުމަށް ހުރަސް އަޅާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުޅުދުއްފުށި ސިޓީގައި ވަނީ  ކޮންމެ އީދެއްގައިވެސް ބައްވާ މަށިމާލި ފެރޭޑު މިއަދު ހަވީރުގެ ވަގުތެއްގައި ބާއްވާފައެވެ. އެ ވަގުތު އެ ސިޓީ ކައުންސިލުން ގެންދިޔައީ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ޕެރޭޑު ކައުންސިލް ޔޫޓިއުބުން ލައިވް ވެސް ކުރަމުންނެވެ.

ޕެރޭޑު ފަށާ އިރުކޮޅެއް ފަހުން ފުލުހުން ވަނީ ޕެރޭޑު، ޔޫޓިއުބު މެދުވެރިކޮށް ލައިވް ކުރަމުން ދިޔަ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހުރަސް އަޅާ އެ ފީޑު ވަގުތުން މެދުކަނޑާލުމަށް އަންގާފައެވެ. އަދި ފުލުހުން ވަނީ، އިހުސާނުއާ ރައީސް މުއިއްޒުގެ ޕްރެޝަރަށް، ލައިވް ކުރަމުން ދިޔަ ވަސީލަތްތައް އަތުލާ މުވައްޒަފުން އަދާ ކުރަމުން ދިޔަ އެމީހުންގެ ވަޒީފާގެ ޒިންމާއަށް ހުރަސް އަޅާފައެވެ.

މިކަމުގައި ކައުންސިލުން ދެން އަމަލު ކުރާނެ ގޮތް އަދި ނިންމާފައި ނުވާ ކަމަށްވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved