June 19, 2026
Advertisement
އެމްޑީޕީގެ މުޒާހަރާއާ ދިމާކޮސް މާލޭގެ މަގުތަކެއް ބަންދު ކުރަނީ!
އެމްޑީޕީގެ މުޒާހަރާއާ ދިމާކޮސް މާލޭގެ މަގުތަކެއް ބަންދު ކުރަނީ! / ސަން އޮންލައިން

އެމްޑީޕީގެ މުޒާހަރާއާ ދިމާކޮށް މާލޭގެ މަގުތަކެއް ބަންދު ކުރަނީ!

Jun 18, 2026, 07:34 PM
މާލެ ސިޓީ

އެމްޑީޕީއިން މިރޭ މާލޭގައި މުޒާހަރާކުރާނެކަން އިއުލާންކޮށްފައިވަނިކޮށް، ފުލުހުން މާލޭގެ މަގުތަކެއް ބަންދުކުރަން ނިންމައިފިއެވެ.

Advertisement

ފުލުހުން މިއަދު އިރުއޮއްސެން ކައިރިވެފައިވަނިކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭގެ އެކި ސަރަހައްދުތައް މިރޭ 8 އިން 12 ޖެހުމާ ހަމަޔަށް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މަގުތައް ބަންދުކުރަނީ، މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ބުނެފައިވީ  ނަމަވެސް، ބަންދުކުރަނީ ކޮން ސަރަހައްދުތަކެއް ކަމެއް ފުލުހުން ބުނެފައިނުވެއެވެ. އަދި އަދި ބައެއް ސަރަހައްދުތައް ބަންދު ކުރަނީ ސީދާ ޓްރެފިކާ ގުޅޭ ކޮން ކަމެއްގައި ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

ސިޔާސީ ކަންކަމުގައި ރައްޔިތުން ވަޒީފާއިން ކަނޑާތީ އެމްޑީޕީ އިން މުޒާހަރާ ކުރަން ނިންމާފައިވަނިކޮށް ފުލުހުން މިފަދަ ގޮތަކަށް މާލޭގެ މަގުތައް ބަންދުކުރަން ނިންމީ ސީދާ އެ ހަރަކާތަށް ހުރަސް އެޅުމަށް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ހިޔާލުފާޅުކުރުމަށް ހުރަސް ނޭޅޭނެ ކަމަށް ބުނެ ގިނަ ަބަޔކު ގެންދަނީ ނުުރހުން ފާޅުކުރަމުންކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީއިން މުޒާހަރާކުރަން  ނިންމާފައިވަނީ، ރަސްފަންނު ސަރަހއްދުގައި ކަމަށްވާއިރު، އެ ސަރަހައްދަކީ ކުރިން އެންގުމަކާ ނުލާ އަދި ހުއދަ ނެގުމަކާ ނުލާވެސް އެއްވެވޭ ސަރަހައްދެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved