
ސައުދީ އަރަބިއްޔާގެ ލީޑިން ލޯކޯސްޓް ކެރިއަރ، "ފްލައިނާސް"އިން ދިވެހިރާއްޖެއަށް އޮޕަރޭޝަންސްތައް ފަށައިފިއެވެ.
އެ އެއާލައިންގެ ފުރަތަމަ ފްލައިޓު ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ބަނދަރު ކުރި މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. އެއާލައިންއިން ރާއްޖެއައި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ އެއާލައިންގެ ޗެއަރމަން މުހައްމަދު ރިޔާޟުއާ އަދިވެސް އެހެން އިސްވެރިންނެވެ.
ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގެ ތެރެއިން ދިވެހިންގެ ސަގާފީ ބޮޑުބެރު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިއަދު އައި ފްލައިނަސްގެ ފުރަތަމަ ފްލައިޓުގައި ރިޔާޝުން ރާއްޖެއަށް 119 ޕަސިންޖަރުން ދަތުރުކޮށްފައިވެއެވެ.
ފްލައިނާސްއިން، ރިޔާދު (އާރުޔޫއެޗް) އާއި މާލޭ (އެމްއެލްއީ) އާއި ދެމެދު ޝެޑިއުލް ދަތުރުތައް ކުރާއިރު، ހަފްތާއަކު ތިން ފްލައިޓް ބާއްވަން ނިންމައިފައިވާ ކަމަށް އެ އެއާލައިންއިން މައުލޫމާތު ދީފައިވެއެވެ. އެއީ އަންގާރަ، ބުރާސްފަތި، އަދި ހޮނިހިރު ދުވަހުއެވެ.
މި ސަރަހައްދުގެ ފާހަގަކޮށްލެވޭ ބަޖެޓް އެއާލައިންތަކުގެ ތެރެއިން އެއް އެއާލައިންގެ ގޮތުގައި "ފްލައިނާސް" އިން އަގުހެޔޮ އަދި އިތުބާރު ހުރި ކަނެކްޓިވިޓީއެއް ފޯރުކޮށްދޭއިރު، ޗުއްޓީ ހޭދަކުރުމާއި ޓްރާންސިޓް ފަސިންޖަރުންނަށް ވެސް ޚިދުމަތް ލިބޭނެ ކަމަށް އެ އެއާލައިން އިން މައުލޫމާތު ދެއެވެ.
މި ދަތުރުތައް މިއަދު ފެށިފައިވާއިރު ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުފަތުރުގެ ފުރުސަތުތައް އިތުރުވެ، ފަތުރުވެރިކަމާއި ވިޔަފާރި ދަތުރުފަތުރުގެ ޑިމާންޑް އިތުރުވަމުންދާއިރު، އެކަމަށް އެހީތެރިވެދެވޭނެ ކަމަށް ބެލެވެއެވެ.
ރިޔާޟް-މާލޭގެ ހިދުމަތުގެ އިތުރުން ފްލައިނާސްއިން ސައުދީ އަރަބިއްޔާގެ ބޮޑެތި ސިޓީތައް ގުޅުވައިދޭ ފުޅާ ނެޓްވޯކެއް ހިންގަމުން އަންނައިރު، *މިސްރު، އިތިއޮޕިއާ، ޖޯޑަން*، އަދި ސަރަހައްދީ ބައެއް ޕޮއިންޓްތައް ހިމެނޭ ބައިނަލްއަގްވާމީ މަންޒިލްތައް ވެސް ހިމެނެއެވެ.
މިއީ ދިވެހިރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނާއި ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ސީމްލޭސް އޮންވާޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކުރެވޭ ކަމެއްގެ ގޮތުގައިވެސް އެއާލައިންއިން ހާމަކޮށްފައިވެއެވެ.
ފްލައިނާސްގެ އޮޕަރޭޝަންތައް ފެށުމަކީ ދިވެހިރާއްޖެގެ އޭވިއޭޝަން ދާއިރާއަށް ލިބޭނެ ބޮޑު އިތުރުވުމެއް ކަމަށާއި، މެދުއިރުމައްޗާއެކު ވައިގެ ގުޅުން ބަދަހިވެ، ފަސިންޖަރުންނަށް އިތުރު ވާދަވެރި ޓްރެވަލް ޗޮއިސްތަކެއް ލިބިގެންދާނެ ކަމަކަށްވެސް ވާނެ ކަމަށް އެ އެއާލައިންއިން ހާމަކުރެއެވެ.
ފްލައިނާސްގެ ޗެއަރމަން މުހައްމަދު ރިޔާޟު މި ނޫހަށް މައުލޫމާތު ދެއްވަމުން ކުރިން ވިދާޅުވެފައިވަނީ، ފްލައިނަސްގެ ދަތުރުތައް ތައާރަފްވުމުން ދަތުރުވެރިންނަށާ ފަތުރުވެރިންނަށްވެސް ދަތުރުތައް ކުރުމުގައި އަގުހެޔޮކޮށް ކުރެވޭނެ ކަމާ އަދި ވަގުތު ސަލާމަތްކުރުމަށް ޑައިރެކްޓު ދަތުރުތައް ކުރުމަށްވެސް މަގުފަހި ވެގެންދާނެ ކަމަށެވެ.
ފްލައިނާސް ޖީއެސްއޭ މޯލްޑިވްސް ބުކިން ހޮޓްލައިންއަކީ، 7215884 އެވެ.




