June 15, 2026
Advertisement
ރިޔާޟުއާ ރާއްޖެއާ ދެމެދު "ފްލައިނަސް"އިން ސީދާ ދަތުރުތައް، ހެޔޮ އަގުގައި ފަށަނީ!
ރިޔާޟުއާ ރާއްޖެއާ ދެމެދު "ފްލައިނަސް"އިން ސީދާ ދަތުރުތައް، ހެޔޮ އަގުގައި ފަށަނީ! / ސޯޝަލް މީޑިއާ

ރިޔާޟުއާ ރާއްޖެއާ ދެމެދު "ފްލައިނަސް"އިން ސީދާ ދަތުރުތައް، ހެޔޮ އަގުގައި ފަށަނީ!

Jun 14, 2026, 02:20 PM
މާލެ ސިޓީ

ސައުދީ އަރަބިއްޔާގެ ލީޑިން ލޯކޯސްޓް ކެރިއަރ، "ފްލައިނާސް"އިން ދިވެހިރާއްޖެއަށް އޮޕަރޭޝަންތައް ފެށުމަށް ހަމަޖެހިއްޖެއެވެ.

Advertisement

ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ރިޔާދު (އާރުޔޫއެޗް) އާއި މާލޭ (އެމްއެލްއީ) އާއި ދެމެދު ޝެޑިއުލް ދަތުރުތައް ކުރާއިރު، ހަފްތާއަކު ތިން ފްލައިޓް އަންގާރަ، ބުރާސްފަތި، އަދި ހޮނިހިރު ދުވަހު ބާއްވަން ނިންމައިފައިވާ ކަމަށް އެ އެއާލައިންއިން މައުލޫމާތު ދީފައިވެއެވެ.

މި ސަރަހައްދުގެ ފާހަގަކޮށްލެވޭ ބަޖެޓް އެއާލައިންތަކުގެ ތެރެއިން އެއް އެއާލައިންގެ ގޮތުގައި "ފްލައިނާސް" އިން އަގުހެޔޮ އަދި އިތުބާރު ހުރި ކަނެކްޓިވިޓީއެއް ފޯރުކޮށްދޭއިރު، ޗުއްޓީ ހޭދަކުރުމާއި ޓްރާންސިޓް ފަސިންޖަރުންނަށް ވެސް ޚިދުމަތް ލިބޭނެ ކަމަށް އެ އެއާލައިން އިން މައުލޫމާތު ދެއެވެ.

މި ދަތުރުތައް ތައާރަފް ކުރުމުން ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުފަތުރުގެ ފުރުސަތުތައް އިތުރުވެ، ފަތުރުވެރިކަމާއި ވިޔަފާރި ދަތުރުފަތުރުގެ ޑިމާންޑް އިތުރުވަމުންދާއިރު، އެކަމަށް އެހީތެރިވެދެވޭނެ ކަމަށް ބެލެވެއެވެ.

ރިޔާޟް-މާލޭގެ ހިދުމަތުގެ އިތުރުން ފްލައިނާސްއިން ސައުދީ އަރަބިއްޔާގެ ބޮޑެތި ސިޓީތައް ގުޅުވައިދޭ ފުޅާ ނެޓްވޯކެއް ހިންގަމުން އަންނައިރު، *މިސްރު، އިތިއޮޕިއާ، ޖޯޑަން*، އަދި ސަރަހައްދީ ބައެއް ޕޮއިންޓްތައް ހިމެނޭ ބައިނަލްއަގްވާމީ މަންޒިލްތައް ވެސް ހިމެނެއެވެ. މިއީ ދިވެހިރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނާއި ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ސީމްލޭސް އޮންވާޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކުރެވޭ ކަމެއްގެ ގޮތުގައިވެސް އެއާލައިންއިން ހާމަކޮށްފައިވެއެވެ.

ފްލައިނާސްގެ އޮޕަރޭޝަންތައް ފެށުމަކީ ދިވެހިރާއްޖެގެ އޭވިއޭޝަން ދާއިރާއަށް ލިބޭނެ ބޮޑު އިތުރުވުމެއް ކަމަށާއި، މެދުއިރުމައްޗާއެކު ވައިގެ ގުޅުން ބަދަހިވެ، ފަސިންޖަރުންނަށް އިތުރު ވާދަވެރި ޓްރެވަލް ޗޮއިސްތަކެއް ލިބިގެންދާނެ ކަމަކަށްވެސް ވާނެ ކަމަށް އެ އެއާލައިންއިން ހާމަކުރެއެވެ.

ފްލައިނާސްގެ ޗެއަރމަން މުހައްމަދު ރިޔާޟު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދަތުރުތައް ކުރުމުގައި އަގުހެޔޮކޮށް ކުރެވޭނެ ކަމާ އަދި ވަގުތު ސަލާމަތްކުރުމަށް ޑައިރެކްޓު ދަތުރުތައް ކުރުމަށްވެސް މަގުފަހި ވެގެންދާނެ ކަމަށެވެ.

ފްލައިނާސް ޖީއެސްއޭ މޯލްޑިވްސް ބުކިން ހޮޓްލައިންއަކީ، 7215884 އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved