ހދ.ވައިކަރަދޫ ފަޅުތެރޭގައި އާއްމު ގޮތެއްގައި ވަންނަ މުށިމަސް ބައިގަނޑުގެ ތެރެއިން އެތައްހާސް މުށިމަސް މަރުވެ ފަޅު ތެރޭގައި ކުނިވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގެ ފަޅު ތެރެއަށް ކޮންމެ ދުވަހަކު ހެނދުނު ވަންނަ މަސްތައް ހަވީރަށް ނުކުމެއެވެ. މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާ ފޮޓޯ ތަކުން ފެންނަ ގޮތުގައި މުށިމަސްތައް ވަނީ ކުނިވެ ލޮނުގަނޑު މައްޗަށް އަރާފައެވެ.
އެރަށުގެ ކައުންސިލުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުން އެ ރަށުގެ ބަނދަރު އޮންނަ ގޮތުން ލޮނުގަނޑު ކުނިވުން ނުވަތަ އޮކްސިޖަން މަދުވުމަކީ އާންމުކޮށް ހޫނު ދުވަސްވަރު ވާކަމެއް ކަމަށެވެ. ވައިކަރަދޫ ބަނދަރަކީ ނެރު ފިޔަވާ އެހެން އެއްވެސް ގޮތަކަށް އޮއެ ނުދެމޭހެން އޮންނަ ބަނދަރެކެވެ
ހޫނު ދުވަސްވަރުގައި އެ ރަށު ބަނދަރުގައި ފެހި އުފެދި އެ ތަކެތި ވެސް އޮކްސިޖަން ބޭނުންކުރާއިރު ފަޅުތެރޭ އުޅޭ މަސްތަކަށް ލިބޭ އޮކްސިޖަން މަދުވެ އެވެ. މަސްތައް މަރުވާން ދިމާވަނީ އޮކްސިޖަން މަދުވެ، ވަރުބަލިވުމުގެ ސަބަބުން ފަޅުތެރޭ ތާށިވެގެންނެވެ
ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުން ރައްޔިތުންގެ އެދުމާއެކު ނިމިދިޔަ ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓުގައި އެ މަސައްކަތް ހިމަނާފައިވާ ކަމަށާއި އެކަން ކުރިއަށް ނުދާތީ މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށު ކައުންސިލާ ބައްދަލުކުރެއްވުމުން ވެސް އެކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.