April 18, 2026
Advertisement
ޖަނެރޭޓަރު ފޮނުވުމުގެ ތައްޔާރީތައް ވަނީ.
ޖަނެރޭޓަރު ފޮނުވުމުގެ ތައްޔާރީތައް ވަނީ. / އައްޑޫ ލައިވް

ހދ. ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް މިރޭ ޖަނެރޭޓާރ އިންސްޓޯލުކުރާނެ: ފެނަކަ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 23, 2024, 05:47 PM
މާލެ ސިޓީ

ހދ. ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް މިރޭ އައު ޖަނެރޭޓަރު އިންސްޓޯލުކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހަމަކޮށްފިއެވެ.

Advertisement

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ފެނަކަ މެނޭޖަރު ޝަހީދާ ސައީދު ވިދާޅުވީ، 4 އަހަރު ދުވަސް ތެރޭގައި ޖަނެރޭޓަރު ހަލާކުވެގެން ދިޔައި ކުރީ ސަރުކާރުން ޖަނެރޭޓަރު ގެނެސް ހިންގަމުން ދިޔައިރު އެއްވެސް ވަރެއްގެ މަރާމާތެއް އަދި އޯވާހޯލް ވެސް ނުކޮށް ހިންގަމުން ދިޔުމުންކަމަށެވެ.

ޖަނެރޭޓަރު މިހާރު ހަވާލުކުރި ކުންފުނިން ގެނައުމުގެ މަގުމަތީގައި ވާ ކަމަށާ ހަވީރު ވަގުތެއްގައި ޖަނެރޭޓަރު ރަށަސް އަރުވާނެ ކަމަށްވެސް ޝަހީދާ ވިދާޅުވިއެވެ. އެހެންކަމުން މިރޭގެ ވަގުތެއްގައި ޖަނޭޓަރު އިންސްޓޯލުކުރާނެކަމަށް ވެސް ޝަހީދާ ވިދާޅުވިއެވެ.

ޖަނެރޭޓަރު ލިބުން ލަސްވެގެން ދިޔަ ސަބަބެއްކަމަށް ޗެނަލް13އަށް މައުލޫމާތު ލިބުނު ގޮތުގައި ޖަނެރޭޓަރު ހަވާލުކުރި ކުންފުނިން އެ ޖަނެރޭޓަރު ގެންދަން އެކަށީގެންވާ އުޅަނދެއް ނުލިބުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވައިކަރަދޫއަސް ފޮނުވާފައިވަނީ 250 ކިލޯވޮޓްގެ އައު ޖަނަރޭޓަރެކެވެ.

ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން ބޮޑު ޖަނަރޭޓަރު ހަލާކުވެ އެ ރަށުގެ ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި އޮންނަތާ މިހާރު ވަނީ ފަސް ދުވަސް ވެފައެވެ. އެކަމާ ގުޅިގެން އެ ރަށުގައި ރޭ މުޒާހަރާ ވެސް ކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved