ހދ. ވައިކަރަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓުދީފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ހާމަކޯށްފައިވާ ގޮތުގައި ވައިކަރަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދަން ފެނަކައިން އެ ރަށަށް ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރު ބަހައްޓައި މުޅި އެ ރަށަށް މިހާރު ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން ބޮޑު ޖަނަރޭޓަރު ހަލާކުވެ އެ ރަށުގެ ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި އޮންނަތާ ހަފުތާއެއްހާ ދުވަސް ވެފައިވެއެވެ.
ކަރަންޓުގެ މައްސަލައާ ގުޅިގެން އެ ރަށުގައި ހަމަނުޖެހުންތައް އުފެދި މުޒާހަރާއެއް ވެސް ކޮށްފައިވެއެވެ.