March 12, 2026
Advertisement
.
. / ރޮއިޓަރސް

ދެކުނު އެފްރިކާގެ ރައީސް ކަމަށް ސިރިލް ރަމަފޯސާ އިންތިޚާބުކޮށްފި

Azzama
އައްޒާމާ
Jun 15, 2024, 07:27 PM

ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އާއި އިދިކޮޅު ޕާޓީތަކާ ދެމެދު ވެވުނު މުހިންމު ކޯލިޝަން އެއްބަސްވުމަކަށް ފަހު ދެކުނު އެފްރިކާގެ ޕާލަމެންޓުން އެގައުމުގެ ރައީސް ކަމަށް ސިރިލް ރަމަފޯސާ އަލުން އިންތިހާބުކޮށްފިއެވެ.

Advertisement

ގައުމީ އެއްބައިވަންތަކަމުގެ އާ ސަރުކާރަކީ ރަމަފޯސާގެ އޭއެންސީ އާއި ސެންޓަރ ރައިޓް ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) އަދި ކުދި ޕާޓީތައް އެއްކޮށްލާފައިވާ ސަރުކާރެކެވެ.

ކާމިޔާބީގެ ތަގުރީރުގައި ރަމަފޯސާ ވަނީ އާ ކޯލިޝަނަށް ތައުރީފު ކުރައްވައި، ވޯޓުލާ މީހުން އުންމީދު ކުރަނީ ލީޑަރުން "އަޅުގަނޑުމެންގެ ގައުމުގެ އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި ގުޅިގެން މަސައްކަތް ކުރާނެ" ކަމަށް ވިދާޅުވެފަ އެވެ.

އޭއެންސީއަށް %40 ވޯޓު ލިބުނުއިރު، ދެވަނައަށް ދިޔައީ %22 ވޯޓާއެކު ޑީއޭ އަށެވެ.

އޭއެންސީގެ ސެކްރެޓަރީ ޖެނެރަލް ފިކިލޭ އެމްބަލޫލާ ވަނީ ކޯލިޝަންގެ އެއްބަސްވުމަކީ "ފާހަގަކޮށްލެވޭ ފިޔަވަޅެއް" ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved