March 11, 2026
Advertisement
-
- / ގެޓީ އިމޭޖަސް

އިންޑިއާގައި ބަނގުރާ ބުއިމުގެ ސަބަބުން 34 މީހުން މަރުވެއްޖެ

Azzama
އައްޒާމާ
Jun 20, 2024, 10:52 PM

އިންޑިއާގެ ދެކުނުގެ ތަމިލް ނާޑޫގައި ވިހަ ބަނގުރާ ބުއިމުގެ ސަބަބުން 34 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

Advertisement

މިހާދިސާ ހިނގީ ކައްލަކުރިޗީ ޑިސްޓްރިކްޓްގައި އަންގާރަ ދުވަހުގެ ރޭ ބަނގުރާ ބުއިމަށްފަހު އެތައް ބަޔަކު ބަލިވި ފަހުންނެވެ.

ބޮޑަށް ބޭރަށްހިންގުން ފަދަ ބަލިތަކަށް މަދުވެގެން 80 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާއިރު މަރުވާ މީހުންގެ އަދަދު އިތުރަށް އިތުރުވެދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެކަމުގެ ފުޅާ ތަހުގީގެއް ދަނީ ކުރަމުންނެވެ.

ފުލުހުންގެ އިސް އޮފިޝަލަކާއި ދައުލަތުގެ ޕްރޮހިބިޝަން އެންފޯސްމަންޓް ވިންގުގެ ދިހަ މެމްބަރަކު ވެސް އިހުމާލު ވުމުގެ ކުށުގައި ސަސްޕެންޑްކޮށްފައިވެ އެވެ.

މަރުވި މީހުންގެ އާއިލާތަކަށް 1 މިލިއަން ރުފިޔާ އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ކޮންމެ މީހަކަށް 1 މިލިއަން ރުޕީސްގެ ބަދަލެއް ދޭނެ ކަމަށް ތަމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ވަނީ އިއުލާން ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved