March 26, 2026
Advertisement
ޝެއިޚް ޒައިދު
ޝެއިޚް ޒައިދު / ސޯޝަލް މީޑިއާ

އިރުގެ ކަލާނގެ ނުހިމަނައި ޔޯގާ ހަދަންޏާ އެވާނީ ކަސްރަތަށް ކަމަށް ޒައިދު ބުނެފި

Aminath Zara
އައިމިނަތު ޒާރާ
Jun 21, 2024, 04:01 PM
މާލެ ސިޓީ

ބައިނަލްއަޤްވާމީ 10 ވަނަ ޔޯގާ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަންގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ ދިފާޢުގައި ޝެއިޚް ޒައިދު ޝުއޫރު ފާޅުކޮށްފިއެވެ.

Advertisement

މިގޮތުން ޒައިދުގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޔޯގާ އަކަށް ވަނީ އިރުގެ ކަލާނގެ ތަޤްދީސް ކުރާ ރޫހާނީ ބައިވެސް ހިމެނިގެން ކަމަށާއި އެބައި ނުހިމެނި ކުރާ ޔޯގާ އަކީ ސައްހަ ކަސްރަތެއް ކަމަށެވެ.

ނަމަވެސް މީގެ ކުރިން ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކުރުމާއި ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންގެ ޖަމިއްޔާތަކުން ވަނީ އެ ހަރަކާތައް ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައެވެ. މީގެ ތެރޭގައި ޒައިދުވެސް ވަނީ ޔޯގާ ނެހެދުމަށާއި ޔޯގާ އަކީ ހިންދޫ ދީނުގެ އިރުގެ ކަލާނގެއަށް ގުޅުން ހުރި ހަރަކާތެއްކަމަށް ބުނެ ގޮވާލާފައެވެ.

ރާއްޖޭގައި ދީން ފަތުރާ އިސްލާމްދީނުގެ ހައްގުގައި ވަކާލާތުކުރާ މިފަދަ ބޭފުޅުން ފާޅުކަންބޮޑު ގޮތެއްގައި ސޯޝަލް މީޑިޔާގައި އެހެން ދީންތަކުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ހަރަކާތްތަކަށް ހިތްވަރުދީ ވާހަކަދެއްކުމަކީ އާންމުންގެ މެދުގައި ފިތުނަ އުފެދި ދީނާއި ގުޅުވާ ތަފާތުތައް އުފެދިގެންދާނެ ކަމެކެވެ.

ކުރީ ސަރުކާރުތަކުން ހިންގާ ހަރަކާތްތަކަށް ލާދީނީ އަށް ގޮވާ އެ ހަރަކާތްތައް މިހާރު ހުއްދަވުމަކީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށާއި ދީނީ އިލްމުވެރިންނަށް އަމާޒުވެގެންދާނެ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved