April 15, 2026
Advertisement
ތޭރަ އޮންލައިން ވެބްސައިޓް ލޯންޗްކުރުން
ތޭރަ އޮންލައިން ވެބްސައިޓް ލޯންޗްކުރުން / ތޭރަ އޮންލައިން

ޗެނަލް 13 ގެ އޮންލައިން ނިއުސް "ތޭރަ އޮންލައިން" ލޯންޗްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jan 22, 2024, 12:26 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އެންމެ މަގްބޫލު ޓީވީ ސްޓޭޝަން ކަމަށްވާ ޗެނަލް 13 ގެ އޮންލައިން ނިއުސް " ތޭރަ އޮންލައިން" ލޯންޗްކޮށްފިއެވެ.

Advertisement

ތޭރަ އޮންލައިން ލޯންޗްކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ.

އެކި އެކި ދާއިރާތަކުގެ ޚަބަރު ކިޔުންތެރިންނަށް ވެބްސައިޓްގައި ޚާއްސަ ކުރެވިފައިވާނެއެވެ. އެގޮތުން ސިޔާސީ ދާއިރާ އާއި، ވިޔާފަރި، ބޭރުގެ ދުނިޔެ ހިމެނެއެވެ.

އިތުރު މައުލޫމާތު ދެމުން ޗެނަލް 13 ގެ ސީއީއޯ އިސްމާއިލް ސޮފްވާން ވިދާޅުވީ "ތޭރަ އޮންލައިން" ގެ މަގްސަދަކީ ޓީވީގެ ޚަބަރު ގަޑި ތަކުގެ އިތުރުންވެސް ރާއްޖެ އަދި ދުނިޔޭގެ ކަންކަމަށް އަލި އަޅުވާލާ ކިޔުންތެރިންނާ ހަމަޔަށް ވީ އެންމެ އަވަހަކަށް ޚަބަރުތައް ގެނެސްދިނުމެވެ.

ތޭރަ އޮންލައިންގެ ވެބްސައިޓުން ހުރިހާ ފަރާތްތަކަށްވެސް ޗެނަލް 13 ގެ ލައިވް ސްޓްރީމްވެސް ބަލާލެވޭނެއެވެ.

ކިޔުންތެރިންނަށް ޚާއްސަކޮށްގެން މި ވެބްސައިޓް ހުޅުވާލެވިފައިވާ އިރު ތޭރަ އޮންލައިން އިން ޝާއިއު ކުރާ ޚަބަރުތައް ވެގެންދާނީ ތެދު މައުލޫމާތު އޭގައި އެކުލެވިގެންވާނެ އޮންލައިން ނޫހަކަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved