April 15, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ކުންފުނިތަކުން ލިބޭ ފައިދާ ސަރުކާރުން ނަގަމުންދާތީ އެކުންފުނިތަކުން ރީއިންވެސްޓް ކުރާނެ ފައިސާ ނުހުރޭ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 8, 2025, 06:11 PM
މާލެ ސިޓީ

ކުންފުނިތަކުން ލިބޭ ފައިދާ ސަރުކާރުން ނަގަމުންދާތީ އެކުންފުނިތަކުން ރީއިންވެސްޓް ކުރާނެ ފައިސާ ނުހުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުންފުނިތަކަށް ބޮޑުކޮށް ފައިދާ ލިބޭ ކަމަށާއި ނަމަވެސް ސަރުކާރުން މި ފައިސާ ނަގަމުންދާތީ ރީ އިންވެސްޓް ކުރާނެ އެއްޗެއް ބާކީ ނުވާ ކަމަށެވެ.


މީގެ އިތުރުން ފިނޭންސް މިނިސްޓަރު ނުވަތަ ސަރުކާރުން އެންގުމުން އިތުރު "ޗޮއިސް" އެއް މި ކުންފުނިތަކުގެ ވެރިންނަށް ނޯންނަ ކަމަށާއި މަގާމުން ދުރުކޮށްފާނެކަމުގެ ބިރަށް ވާން ހުރި ގޮތެއް ވާން ދޫކޮށްލާ ފައިސާކޮޅު ދެނީ ކަމުގައި ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް މިހާ ދަތިވެގެން މިއުޅެނީ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށިގެން، މި ސަރުކާރު މޯ ޕާޓިކިއުލާލީ އިނގޭތޯ، ހަމަ ސަރުކާރުގެ ހުރިހާ ކުންފުނިތަކުން ލިބޭ ފައިދާ ، ބޮޑެތި ފައިދާ ލިބޭ އިގޭތޯ، އެކަމަކު އެ ފައިދާ އެ ކުންފުނީގައި ރީ އިންވެސްޓް ކުރާކަަށް ނުހުރޭ ސަރުކާރަށް ދޭން ޖެހޭތީ.

ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ފައިސާ އެއް ކުރުމަށް ސަރުކާރުން އަންނަނީ ކުންފުނިތަކަށް 400 މިލިއަން ރުފިޔާ ހޯދުމަށް ޑިމާންޑް ކުރަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކުންފުނިތަކުން ލިބޭ ފައިދާ މުއިއްޒުގެ ސަރުކާރު ދަމަހައްޓަން މިފަދައިން ބޭނުންކޮށް މުއިއްޒު އަންނަނީ ކުންފުނިތައް ބަނގުރޫޓު ކުރަމުން ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved