June 13, 2026
Advertisement
ހިތަދޫ އުތުރު ބައި-އިލެކްޝަންގައި ރައީސް ޔާމީންގެ ތާއީދު ސޯބެއަށް!
ހިތަދޫ އުތުރު ބައި-އިލެކްޝަންގައި ރައީސް ޔާމީންގެ ތާއީދު ސޯބެއަށް! / ތޭރަގްރެފިކްސް

ހިތަދޫ އުތުރު ބައި-އިލެކްޝަންގައި ރައީސް ޔާމީންގެ ތާއީދު ސޯބެއަށް!

Jun 1, 2026, 04:20 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންގައި ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ތާއީދުކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ، މިހާރު އޮތް ހާލަތު ބަދަލުކުރާ ކަމަށްވަންޏާ، ކުރީގައި ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި ގޮތަށް ޕީއެންސީގެ ކެންޑިޑޭޓަށް ވުރެން އެމަނިކުފާނު އިހުތިޔާރު ކުރައްވާނީ އެ ތަނުގައި  ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ކަމަށެވެ. އެގޮތުން އެމްޑިޕީ ކެންޑިޑޭޓަށް ވޯޓު ދިނުމަކީ ހަމަ ރަނގަޅު ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އެ ތަނަށް ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް. އެހެންވީމާ މިހާރު އޮތް ހާލަތު ބަދަލުކުރާ ކަމަށް ވަންޏާ، ޕީއެންސީގެ ކެންޑިޑޭޓަށްވުރެ އަޅުގަނޑަށް ރަނގަޅީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އެމްޑީޕީގެ ކެންޑިޑޭޓޭ

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނު އެ މަސައްކަތްކުރައްވަނީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ގޮތަށް މަގު ފަހިކުރުމަށް ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުން އޮންނާނީ 6 ޖޫން ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ.

އިންތިހާބުގައި ވާދަކުރަނީ ސޯބެ އާއި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަހްމަދު ސައީދު އެވެ. ކެންޑިޑޭޓް ނަންބަރު އެކެއް ސައީދަށް ލިބުނުއިރު ސޯބެގެ ނަންބަރަކީ ދޭކެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved