އެމެރިކާގެ ނޫސްވެރިޔާ އެވަން ގެރްޝްކޯވިޗްގެ މައްޗަށް ކުރާ ޖާސޫސް ކުރިކަމުގެ ޝަރީއަތް ފެށުމަށް ބުދަ ދުވަހުގެ ހެނދުނު ޔެކަޓެރިންބާގުގައި ހުންނަ ރަޝިޔާގެ ކޯޓަކަށް ހާޒިރުކޮށްފިއެވެ.
ޝަރީއަތް ފެށުމުގެ ކުރިން މީޑިއާތަކަށް ކޯޓު ރޫމަކަށް ވަދެ އޭނާ ބައްދަލު ކުރުމުގެ ހުއްދަ ދިނެވެ.
ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިޔުއެސްޖޭ) ގެ ރިޕޯޓަރު ރަޝިޔާގެ ކޯޓުތަކުގައި “ދަ އެކުއެރިއަމް” ގެ ނަމުން މަޝްހޫރު ދަގަނޑު އަދި ބިއްލޫރި ކޮށްޓެއްގައި ގަމީހަކާއި ޖީންސެއް ލައިގެން ގޭރްޝްކޯވިޗް އިންތަން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެނެއެވެ.
ފާއިތުވި ގާތްގަނޑަކަށް 15 މަސް ދުވަހު އޭނާ ބަންދުކޮށްފައި ވަނީ ވެރިރަށް މޮސްކޯގެ ޖަލެއްގައެވެ.
ނަމަވެސް އޭނާގެ ޝަރީއަތް ކުރިއަށް ދަނީ ރަޝިޔާގެ ވެރިރަށާ އެއްހާސް މޭލު ދުރުގަ ޔެކަޓެރިންބާގްގައެވެ. މިއީ ނޫސްވެރިކަމުގެ ރިޕޯޓިން ދަތުރެއްގައި އޭނާ ހައްޔަރުކުރި ތަނެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ގޭރްޝްކޯވިޗް އެއްކުރަމުން ދިޔައީ އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ފަރާތުން ޔެކަޓެރިންބާގް ކައިރީގައި ރަޝިޔާގެ ޓޭންކް އުފައްދާ ކުންފުންޏަކާ ބެހޭ ސިއްރު މައުލޫމާތުތަކެކެވެ.
އޭނާ އާއި އޭނާގެ ވަޒީފާ އަދާކުރާ ފަރާތާއި އެމެރިކާ ސަރުކާރުން އެ ތުހުމަތާއި ޖާސޫސީއެއްކަމުގެ ދައުވާތަކަށް އިންކާރުކޮށް ވަރަށް ބޮޑަށް އެކަމާ ދެކޮޅު ހަދައެވެ. ގޭރްޝްކޯވިޗްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.