 
             
        
     
             
                        ސްރީލަންކާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިޔާސީ ބޭފުޅާ އަދި އެގައުމުގެ ތަމަޅަ މައިނޯރިޓީގެ ކެމްޕޭން ދާއިރާގެ ތަޖުރިބާކާރު ރާޖަވަރޯތިއަމް ސަމްޕަންތަން އުމުރުން 91 އަހަރުގައި އަވަހާރަވެއްޖެއެވެ.
ގާނޫނީ ވަކީލެއް އަދި އެގައުމުގެ އެންމެ ގިނަ ދުވަހު މަޖިލިސް މެންބަރުކަން ކުރެއްވި އެއް މެމްބަރު ސަމްޕަންތަން އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ވެރިރަށް ކޮލަމްބޯގައެވެ.
ވޭތުވެދިޔަ 23 އަހަރު އޭނާ ލީޑް ކުރެއްވީ ސްރީލަންކާގެ އުތުރާއި އިރުމަތީގެ ތަމަޅައިން ތަމްސީލުކުރާ މައިގަނޑު ސިޔާސީ ޖަމާއަތެއް ކަމަށްވާ ތަމަޅަ ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) ގެ ނަމުގައި ތަފާތު ކޯލިޝަނެކެވެ.
2009 ވަނަ އަހަރު ތަމަޅަ ޓައިގަރުން ބަލިވި ފަހުން އޭނާ ކުރިއަށް ގެންދިޔައީ އޭނާގެ ބާކީވެފައިވާ ނަސްލަށް ހަމަހަމަ ހައްގުތަކެއް ހޯދައިދިނުމަށެވެ.
އޭނާ މަރުވިކަން ޓީއެންއޭގެ ލީޑަރު އެމްއޭ ސުމަންތިރަން ވަނީ އެކްސް ގައި ކަށަވަރުކޮށްދީފައެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            