އޮސްޓްރޭލިއާގައި ގެއްލިގެން ހޯދަމުން ދިޔަ 12 އަހަރުގެ އަންހެން ކުއްޖަކު ކޯރެއްގައި ފަތާފައި ދަނިކޮށް ކިނބުލެއް ހަމަލާދީ ގެންދިޔަތާ އެތައް ދުވަހެއް ފަހުން އެކުއްޖާގެ ހަށިގަނޑު ބައިތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހަވީރު ގާތްގަނޑަކަށް 5:30 ހާއިރު ގާތްގަނޑަކަށް 400 މީހުންގެ އާބާދީއެއް އޮންނަ ރިމޯޓް ކޮމިއުނިޓީ ޕަލަމްޕާގައި ކަމަށް އޮސްޓްރޭލިއާގެ ނޯތަން ޓެރިޓަރީ ޕޮލިސް، ފަޔަރ އެންޑް އިމަޖެންސީ ސާވިސަސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
"ހަވީރު 5:30 ހާއިރު ފުލުހުންނަށް ލިބިފައި ވަނީ މެންގޯ ކްރީކްގައި ފަތާފައި ދިޔަ 12 އަހަރުގެ ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓްތައް،" ކަމާބެހޭ ފަރާތްތަކުން ބުންޏެވެ. “ފުރަތަމަ ރިޕޯޓްތަކުގައި ބުނެފައިވަނީ އެ ކުއްޖާއަށް ހަމަލާދީފައިވަނީ ކިނބުލެއް ކަމަށެމް. ކޮމިއުނިޓީ މެމްބަރުންނާއި ޕެޕީމެނާރޓީ ޕޮލިހުން ހާދިސާ ހިނގި ތަނަށް ހާޒިރުވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށިއިރު، އެ ކުއްޖާ އަދިވެސް ހޯދިފައެއް ނުވޭ”
ވަޑޭގެ އޮފިސަރުންނާއެކު ވަގުތުން ސާޗް އެންޑް ރެސްކިއު ޓީމެއް އެ ސަރަހައްދަށް ފޮނުވާލި ނަމަވެސް، އޭގެ އެތައް ގަޑިއިރެއް ފަހުން 12 އަހަރުގެ އަންހެން ކުއްޖާގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް ނޯތަން ޓެރިޓަރީ ޕޮލިހުން ނެރުނު ބަޔާނެއްގައިވެ އެވެ.
އޮސްޓްރޭލިއާގެ ނޯތަން ޓެރިޓަރީގެ ފަތުރުވެރިކަމުގެ ވެބްސައިޓުން ބުނާ ގޮތުގައި 100،000 އަށް ވުރެ ގިނަ ވަގު ކިނބޫ އެސަރަހައްދުގައި އުޅޭ ކަމަށެވެ.