March 11, 2026
Advertisement
.
. / ރޮއިޓަރސް

ހަންގޭރީގެ ރައީސް ރަޝިޔާއަށް ދިޔުމުން އެމެރިކާއިން ކަންބޮޑުވެއްޖެ

Azzama
އައްޒާމާ
Jul 7, 2024, 03:33 AM

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބާން މޮސްކޯއަށް ދަތުރު ކުރައްވައި ރަޝިޔާގެ ލީޑަރު ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ރައްދު ދެއްވައި ވައިޓް ހައުސްއިން ވަނީ ކޮމެންޓެއް ނެރެފައެވެ.

Advertisement

އެމެރިކާ ސަރުކާރުގެ އޮފިޝަލް ވިދާޅުވީ އޮރްބާން ރަޝިޔާއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ވޮޝިންޓަން ކަންބޮޑުވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ކަންބޮޑުވަނީ ބޮޑުވަޒީރު އޮރްބަން މި ދަތުރު މޮސްކޯއަށް ދާން އިޚްތިޔާރު ކުރައްވާތީ، އެއީ ސުލްހައިގެ މަސައްކަތަށް ކުރިއެރުމެއް ނޫން އަދި ޔޫކްރޭންގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމާއި މިނިވަންކަން ކުރިއެރުވުމެއް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ "ރަޝިޔާއިން މިއަދު މި ހަނގުރާމަ ނިންމާލެވޭނީ ޔޫކްރޭނާ ދެކޮޅަށް ދޭ އުދުވާންތައް ހުއްޓާލައިގެން" ކަމަށެވެ.

ރަޝިޔާގެ ލީޑަރު ވްލަޑިމިއާ ޕޫޓިން ވަނީ 5 ޖުލައިގައި ކްރެމްލިންގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބާންއާ ބައްދަލުކޮށް، ޔޫކްރޭންއާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. ޕޫޓިން ބައްދަލުވުން ފެއްޓެވީ ކިއެވް އަށް އޮތް އިޚްތިޔާރު ބަޔާން ކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved