March 12, 2026
Advertisement
ޣައްޒާ
ޣައްޒާ / އޭޕީ

އިސްރާއީލުގެ ހަމަލާތަކުގައި ކުޑަކުދިންނާއި އދ. ގެ މުވައްޒަފަކު މަރުވެއްޖެ

Azzama
އައްޒާމާ
Jul 7, 2024, 03:33 AM

އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި ހުކުރު ދުވަހު ދިން ވައިގެ ހަމަލާތަކުގައި ހަ މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގެއެއްގައި ތިބި ދެ ކުޑަކުދިންނާއި އދ.ގެ މުވައްޒަފަކު ވެސް ހިމެނޭ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުންނާއި ފަސްޓް ރެސްޕޮންޑަރުން ބުނެފިއެވެ.

Advertisement

ޣައްޒާގެ ކޮންމެ ފަސް މީހަކުން ހަތަރު މީހުން - ގާތްގަނޑަކަށް ދެ މިލިއަން ފަލަސްތީނުގެ މީހުން - އިސްރާއީލުގެ އަސްކަރީ ހަމަލާތައް ފުޅާކުރުމާ ގުޅިގެން ވަނީ މެދުތެރޭ ޣައްޒާއަށް ޖަމާވެފައެވެ. ވަގުތީ ޓެންޓް ކޭމްޕްތަކާއި ތޮއްޖެހިފައިވާ އާބަން އޭރިއާތަކުގައި އާންމުން ހިމާޔަތް ހޯދަމުން އަންނައިރު އެތައް ބަޔަކު ވަނީ އެތައް ފަހަރެއްގެ މަތިން ގެދޮރު ގެއްލިފައެވެ.

އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުކުރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އިސްރާއީލު ސިފައިން ހިންގި އޮޕަރޭޝަނާއި ވައިގެ ހަމަލާއެއްގައި ހަތް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.

އިސްރާއީލާއި ލުބްނާން ބޯޑަރު ސަރަހައްދުގައި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ފޮނުވާލި ރޮކެޓް ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ވެސް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved