March 12, 2026
Advertisement
ސްކޫލަށް ދިން ހަމަލާ
ސްކޫލަށް ދިން ހަމަލާ / ރޮއިޓަރސް

ޣައްޒާގެ ސްކޫލަކަށް ހަމަލާދީ 16 މީހުން ޝަހީދުކޮށްލައިފި

Azzama
އައްޒާމާ
Jul 7, 2024, 09:20 PM

ޣައްޒާ ސަރަހައްދުގައި ހުންނަ އދ.ގެ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 16 މީހުން ޝަހީދުވެ 10 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފިއެވެ.

Advertisement

އެ އިމާރާތުގައި ހިޔާވަހިކަން ހޯދަމުން ދިޔައީ މެދުތެރޭ ޣައްޒާގެ ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކެވެ.

އިސްރާއީލުން ބުނީ ހަމާސްގެ ބައެއް "އަލްޖައުނީ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓްރަކްޗަރތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް" ހަމަލާދީފައިވާ ކަމަށެވެ.

މި ހަމަލާ ދީފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް އުފެދިފައިވާ ކަމުގެ އުންމީދުތައް ބޮޑުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އިސްރާއީލުން ވަނީ ހަމާސްއިން އޮކްޓޯބަރ 7 ގައި ހައްޔަރުކުރި އިސްރާއީލު މީހުން ދޫކޮށްލުމުގެ އެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފްތާގައި ނެގޯޝިއޭޓަރުންގެ ޓީމެއް ފޮނުވާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved