March 11, 2026
Advertisement
.
. / ރޮއިޓަރސް

ޔޫކްރޭންގެ އިންޖީނުގެއަކަށް ދިން ހަމަލާއެއްގައި 1 ލައްކަ މީހުންނަށް ކަރަންޓް ކެނޑިއްޖެ

Azzama
އައްޒާމާ
Jul 7, 2024, 11:46 PM

ޔޫކްރޭންގެ ކަރަންޓް ފެސިލިޓީއަކަށް ރަޝިޔާއިން ދިން ހަމަލާއެއްގައި އިރުއުތުރުގެ ސުމީ ސަރަހައްދުގައި 100،000 މީހުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.

Advertisement

ކަރަންޓް އަލުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ގްރިޑް އޮޕަރޭޓަރު އުކްރެނަރގޯ އިން ބުނެއެވެ.

އެނާޖީ ފެސިލިޓީ ފިޔަވައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރޮއިޓާސް އިން ރިޕޯޓް ކުރިއެވެ.

ރަޝިޔާއިން މުޅި ޔޫކްރޭންގައި ހަކަތަ އުފައްދާ ވަސީލަތްތަކަށް ހަމަލާދީ ހަލާކުކުރުމުގެ ސަބަބުން ގިނަ ފަހަރަށް އެގައުމު ދިގުދެމިގެންދާ ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރުވާ ދުވަސްތަކަށް ވައްޓާލައެވެ.

ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ޔޫކްރެއިންއަށް ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީގެ ނުވަ ގިގަވޮޓް ގެއްލުނު ކަމަށް ގައުމީ ހަކަތަ އުފައްދާ ކުންފުނި ޔުކްރެނާގޯ އިން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved