March 12, 2026
Advertisement
.
. / ރޮއިޓަރސް

ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރޭންގެ 23 މީހުން މަރުވެއްޖެ

Azzama
އައްޒާމާ
Jul 8, 2024, 09:16 PM

ޔޫކްރޭންގެ އެކިއެކި ސިޓީތަކަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކުގައި މަދުވެގެން 23 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

Advertisement

ވެރިރަށް ކިއެވްގައި ދުވާލު ގަޑީގައި މަދުން ނޫނީ ނުފެންނަ ހަމަލާއެއްގައި ނުވަ މީހަކު ވަނީ މަރުވެފަ އެވެ. ކިޔެވްގެ މޭޔަރު ވިދާޅުވީ މިސައިލް ހަމަލާއެއް ކުޑަކުދިންގެ ހޮސްޕިޓަލަކަށް އަމާޒުވުމުން އެތަނުން މީހުން ހުސްކުރަމުންދާ ކަމަށެވެ.

ޔޫކްރޭންގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ކްރިވިއީ ރިހުގެ އަސްކަރީ ވެރިޔާ ވިދާޅުވީ އެތަނުން މަދުވެގެން 10 މީހުން މަރުވެފައިވާ ކަމަށާއި އިރުމަތީގެ ޕޮކްރޮވްސްކް ޓައުންގައި އިތުރު ތިން މީހުން މަރުވެފައިވާ ކަމަށާއި ޑްނިޕްރޯގައި އެކަކު މަރުވެފައިވާ ކަމަށެވެ.

ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބެލެވޭ ޕޮލެންޑަށް ޒިޔާރަތް ކުރައްވާ ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން މުޅި ގައުމުގެ އަމާޒުތަކަށް 40 ވަރަކަށް މިސައިލް ޖަހާފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved