March 11, 2026
Advertisement
ހާދިސާ ހިނގި ސަރަހައްދު
ހާދިސާ ހިނގި ސަރަހައްދު / ރޮއިޓަރސް

ފިތި ބާރުވެގެން 121 މީހުން މަރުވި ހިންދޫ ހަފްލާ އޮގަނައިޒް ކުރި މީހާ ހައްޔަރުކޮށްފި

Azzama
އައްޒާމާ
Jul 8, 2024, 09:16 PM

އިންޑިއާގެ އުތުރުގައި ފިތިބާރުވުމެއްގައި 121 މީހުން މަރުވި ދީނީ ޖަލްސާގެ ޗީފް އޯގަނައިޒާ ފުލުހުންނާ ހަވާލުވެއްޖެ ކަމަށް އޭނާގެ ވަކީލު ބުނެފިއެވެ.

Advertisement

މިދިޔަ ހަފުތާގައި އުއްތަރަ ޕްރަދޭޝް ސްޓޭޓުގައި ހިނގި ހާދިސާއަކީ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ތެރޭގައި އެގައުމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

ގާތްގަނޑަކަށް މަރުވި ހުރިހާ އެންމެންނަކީ ވެސް ސަޓްސަންގް ހިންދޫ ދީނީ ހަފްލާގައި ބައިވެރިވި އަންހެނުންނާއި ކުޑަކުދިންނެވެ.

އިވެންޓް ނިމުނުއިރު ހަލަބޮލިކަން އުފެދުނީ ކާރުގައި ފުރަން އުޅެނިކޮށް ތޮއްޖެހިފައިވާ ޖަމާޢަތް ލީޑް ކުރަމުން ދިޔަ ފާދިރީއާ ދިމާއަށް އެއްވެ ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ދުއްވައިގަތުމުންނެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގައި އާންމުގެ ތެރޭގައި ރުޅިވެރިކަން އުފެދި، ސަލާމަތީ ފިޔަވަޅުތަކާއި އެއްވެ ތިބި މީހުން ބެލެހެއްޓުމުގައި ގޯސްތަކެއް ހެދިފައިވާކަމަށް ބުނެ އަޑު އުފުލިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ ހަތްރަސް ޑިސްޓްރިކްޓްގައި މި ހަރަކާތް އިންތިޒާމްކުރި ގްރޫޕެއްގެ ބައެއްގެ ގޮތުގައި ތިބި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved