March 11, 2026
Advertisement
ބޮއިންގްއާ ދެކޮޅަށް މުޒާހަރާ ކުރަނީ
ބޮއިންގްއާ ދެކޮޅަށް މުޒާހަރާ ކުރަނީ / ގެޓީ އިމޭޖަސް

ބޮއިންގް ކުންފުނިން ޖިނާއީ ދައުވާއަކަށް އިއުތިރާފުވެއްޖެ

Azzama
އައްޒާމާ
Jul 9, 2024, 02:47 AM

ބޮއިންގް އިން މަކަރާއި ހީލަތުގެ ރޭވުމުގެ ޖިނާއީ ދައުވާއަށް އިއުތިރާފުވާން އެއްބަސްވެފައި ވަނީ އެމެރިކާއިން 737 މެކްސް ބޯޓުތަކުން 346 ފަސިންޖަރުންނާއި ފަޅުވެރިން މަރުވުމުން އެ ކުންފުނި އިސްލާހު ކުރަން ނިންމާފައިވާ އެއްބަސްވުމާ ހިލާފުވެފައިވާކަން އެނގުމުންނެވެ.

Advertisement

ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ބުނީ ބޯޓު އުފެއްދި ކުންފުނިން ޖިނާއީ ޖޫރިމަނާގެ ގޮތުގައި 243.6 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް މީގެ ފަސް އަހަރު ކުރިން ފްލައިޓްތަކުގައި މަރުވި މީހުންގެ އާއިލާތަކުން ވަނީ ބޮއިންގް އިން މަރުތަކުގެ ފުރިހަމަ ޒިންމާ ނުނަގާނެ "ސްވީޓްހަރޓް ޑީލެއް" ކަމަށް ބުނެ ފާޑުކިޔާފައެވެ. އެކަކު ބުނީ އެއީ "އަނިޔާވެރި ނަފްރަތު އުފެދޭ ކަމެއް" ކަމަށެވެ.

އެ ސެޓްލްމަންޓު މިހާރު އެމެރިކާގެ ފަނޑިޔާރަކު ފާސްކުރަން ޖެހެއެވެ.

2018 ވަނަ އަހަރާއި 2019 ވަނަ އަހަރު 737 މެކްސް މަރުކާގެ މަތިންދާ ބޯޓު ވެއްޓުނު ފަހުން އެ ކުންފުނީގެ ސަލާމަތީ ރެކޯޑާ މެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފަ އެވެ. އޭގެ ސަބަބުން އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތިންދާބޯޓު ގްރައުންޑް ކުރަން ޖެހުނެވެ.

2021 ވަނަ އަހަރު ޕްރޮސެކިއުޓަރުން ވަނީ ބޯއިންގެ މައްޗަށް ރެގިއުލޭޓަރުންނަށް ހިޔާނާތްތެރިވުމަށް ރޭވުމުގެ އެއް ދައުވާ އުފުލައި، ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved