March 12, 2026
Advertisement
.
. / ރޮއިޓަރސް

އެމެރިކާއަށް ބެރީލް ތޫފާން އެރުމުގެ ސަބަބުން 7 މީހުން މަރުވެއްޖެ

Azzama
އައްޒާމާ
Jul 9, 2024, 10:20 PM

ޓެކްސަސް އާއި ލޫއިސިއާނާގެ އިރުދެކުނު ސަރަހައްދުތަކަށް ތޫފާން ބެރިލް އަރައި 7 މީހުން މަރުވެ، ގާތްގަނޑަކަށް ތިން މިލިއަން މީހުންނަށް ކަރަންޓް ކެނޑިއްޖެއެވެ.

Advertisement

ހޯމަ ދުވަހުގެ ހެނދުނު އެމެރިކާގެ ދެކުނަށް ބެރިލް އަރާފައިވަނީ ކެޓަގަރީ އެކެއްގެ ތޫފާނެއްގެ ގޮތުގައި ނަމަވެސް އޭގެ ފަހުން އެ ތޫފާން ވަނީ ޓްރޮޕިކަލް ޑިޕްރެޝަނަކަށް ދަށަށް ގޮސްފަ އެވެ.

އޮފިޝަލުން ވަނީ ފަނާކުރަނިވި ވައިރޯޅިތަކާއި 15އިންޗި (38ސެންޓިމީޓަރު) އާއި ހަމައަށް ވާރޭ ވެހޭނެ ކަމާއި "ފުރާނައަށް ނުރައްކާވާ" ތޫފާންތަކުގެ އިންޒާރު ދީފަ އެވެ.

ހޯމަ ދުވަހު ހިއުސްޓަންގެ މައި އެއާޕޯޓުގައި 1،100 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް ފްލައިޓްވޭއާ ޑޮޓްކޮމް އިން ބުނެއެވެ.

ހޯމަ ދުވަހުގެ ރޭގެ ނިޔަލަށް ޓެކްސަސްގެ ގާތްގަނޑަކަށް 2.6 މިލިއަން ކަސްޓަމަރުންނަށް ކަރަންޓް ނެތް ކަމަށް ޕަވަރއައުޓޭޖް ޑޮޓް ޔޫއެސް އިން ބުނެފައިވާއިރު، ލޫއިސިއާނާގައި ވެސް ބައެއް ހިސާބުތަކުގައި ކެނޑިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved