March 16, 2026
Advertisement
މަޑަވެލި ކައުންސިލަރ އަފްސާނާ ގެންދަނީ ބޭއަދަބީ ބަހުން މުޚާތަބުކުރަމުން
މަޑަވެލި ކައުންސިލަރ އަފްސާނާ ގެންދަނީ ބޭއަދަބީ ބަހުން މުޚާތަބުކުރަމުން / ތޭރަ އޮންލައިން

މަޑަވެލި އަންހެން ކައުންސިލަރަކު އާންމުންނާ ބޭއަދަބީ ބަހުން މުޢާމަލާތްކުރާ މައްސަލައެއް ފެންމަތިވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 27, 2024, 11:47 PM
މާލެ ސިޓީ

ގދ. މަޑަވެލި އަންހެން ކައުންސިލަރަކު އާންމުންނާ ބޭއަދަބީ ބަހުން މުޢާމަލާތްކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމު ރައްޔިތުންނާ ބޭއަދަބީ ބަހުން މުއާމަލާތްކުރަމުން ގެންދަނީ ގދ. މަޑަވެލި އަންހެން ކައުންސިލަރު އަފްސާނާ ސައީދުއެވެ. އޭނާ ދަށު ދަރަޖައިގެ ބަހުރުވަ ބޭނުންކޮށްގެން އާންމުންނާ މުއާމަލާތްކުރަމުން ދަނީ މީސްމީޑިޔާގައެވެ.

އަފްސާނާގެ ފޭސްބުކު އެކައުންޓުގައި އޭނާވަނީ އަންހެންނުންނަށް އިޝާރާތްކޮށް އިނގިރޭސި ބަހުން ބޭނުންކުރާ ހަޑި ހުތުރު ބަސްތައް ބޭނުންކޮށް އެރަށު އަންހެންކުދިންނާ މުއާމަލާތްކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އަފްސާނާގެ ބަސްތައް އަމާޒުކުރަނީ އެ ރަށަށް ނިސްބަތްވާ އަމިއްލަ ނޫހެއް ހިންގާ އަންހެން ނޫސްވެރިޔަކަށާ އޭނާގެ އާއިލާއަށެވެ. އަދި މި ކަމެއް ފެށިގެން އުޅެނީ އެ ނޫސްވެރިޔާ ލިޔުނު ޚަބަރަކާ ގުޅިގެން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަފްސާނާގެ އިތުރުން މަޑަވެލި ކައުންސިލްގެ ނައިބު ރައީސާގެ ފަރާތުން މި ފަދަ ކަންކަން ފާހަފަވަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އަފްސާނާގެ ޕޯސްޓުތަކަށް މި ސަރުކާރުގެ ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްހަރު ސައީދުވެސް ތާއީދުކޮށް ލައިކްކޮށްފައިވާއިރު މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ފަރާތްތަކުން އެބޭފުޅުން ހިތްޕުޅާ ނުވާ، ނޫސްވެރިންނާ އެ ނޫސްވެރިންގެ އާއިލާއާ ޒާތީ ގޮތުން ޖައްސާލާ މިސްމީޑިޔާގައި ޕޯސްޓުކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް މިކަންކަމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާ މަންޒަރު ފެނިގެން ނުދިއުމަކީ ހިތާމަ ހުރި ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved