March 16, 2026
Advertisement
ޑރ ޖަމީލް އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

ރައްޔިތުންގެ ހައްގުގާ މެމްބަރުން ބަސްބުނަން ފެށުމަކީ ހެޔޮ ފާލެއް: ޑރ. ޖަމީލް

Faina Faiz
ފައިނާ ފާއިޒް
Nov 17, 2025, 10:11 PM
މާލެ ސިޓީ

ރައްޔިތުންގެ ހައްގުގާ ޕީއެންސީގެ މެމްބަރުންވެސް ބަސްބުނަން ފެށުމަކީ ހެޔޮ ފާލެއްކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރު ދުވަސް ތެރޭގައި މި ސަރުކާރުން މަޑަވެއްޔަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ބުނެ، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވިދާޅުވި ވިދާޅުވުމަށް ނިސްބަތްކޮށެވެ.

ޑރ. ޖަމީލް ވިދާޅުވީ، އާބާދީ ބޮޑު ފުވައްމުލަކާ އައްޑޫ މެމްބަރުންނަށް މިވަރުވެސްކޮށްލަން ނުކެރޭކަމަށެވެ. އަދި ފެނަށްޖެހިފައިވާ ފުވަައްމުލަކު މެމްބަރުންގެ ފޯކަސްހުރީ ބޮޑު ޖަލްސާއަށް މީހުން ޖަމާކުރުމަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިތުރަށް ޑރ. ޖަމީލު ވިދާޅުވީ ގިނަ މެމްބަރުން ތިބީ ވެރިމީހާ ރުހޭގޮތަށް ކޮންމެ ކަމެއްގެ ޒިއްމާ ކުރީ ސަރުކާރު ކިޔާ ރެކިގަންނަ ގޮތަށެވެ. އަދި ގާނޫނީ ވަކީލުން މިވަނީ ރައްޔިތުންގެ ވަކީލުންނަށްވުރެ ޕާޓީއާ ވެރިމީހެ ވަކީލުންނަށް ވެފައިކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

މިއަދު ރައިސް މުއިއްޒުގެ ވެރިކަމަށް 2 އަހަރު ވެގެން ދިޔަ އިރު ރާއްޖޭގެ ހުރިހާކޮޅަކުން އަދި ޚުދު އެމަނިކުފާނުގެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ވެސް ބުނަމުން ދަނީ އެ މީހުންގެ ރަށްރަށަށް ބޭނުންވާ ތަަރައްގީގެ މަޝްރޫއުތަކަށް މި ސަރުކާރުން އަހައްމިޔަތުކަމެއް ނުދޭކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved