April 30, 2026
Advertisement
އިޒްރޭލުން ޝަހީދުކޮށްލި އަލް ޖަޒީރާގެ ދެ ނޫސްވެރިން
އިޒްރޭލުން ޝަހީދުކޮށްލި އަލް ޖަޒީރާގެ ދެ ނޫސްވެރިން / -

އަލްޖަޒީރާގެ ދެ ނޫސްވެރިއަކު، ސަހްޔޫނޫން ޝަހީދުކޮށްލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 1, 2024, 10:17 PM
ޣައްޒާ

ޢައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އަލްޖަޒީރާގެ ދެ ނޫސްވެރިޔަކު ޝަހީދުކޮށްލާފައިވާކަމުގައި އެނޫހުން ހާމަކޮށްފިއެވެ.

Advertisement

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވަނީ، އަލްޖަޒީރާ އަރަބި ބަހުގެ ނޫސްވެރިޔާ އިސްމާއިލް އަލް ޣޫލް އާއި އޭނާގެ ކެމެރާމަން ރާމީ އަލް ރިފީކަމުގައި އަލް ޖަޒިރާއިން ބުނެފައިވެއެވެ.

އިސްރާއިލުން އެންމެ ފަހުން ދިން ނުރައްކާތެރި ހަމަލާގެ ކުރިންވެސް، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ނޫސްވެރިންނަށާއި މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހަމަނުޖެހުންކަމަށް މިހާރުވަނީ ބެލެވިފައެވެ.

ހަނގުރާމަ ފެށި ފަހުން ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް މަރުވި މީޑިއާ ވޯކަރުންގެ އަދަދު 108 އަށް އަރާއިރު، މިއީ 1992 ވަނަ އަހަރު އެ ޖަމާއަތުން ޑޭޓާ އެއްކުރަން ފެށި ފަހުން އައި އެންމެ ނުރައްކާތެރި ދުވަސްތައް ކަމަށް ނިއުޔޯކްގައި ހުންނަ ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved