May 24, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އާއިލާ ބައިބައިވެ، ހިތްދަތި ކަރުނައިގައި ޣައްޒާގެ ކުޑަކުއްޖަކު

Aiminath Sarah
އައިމިނަތް ސާރާ
May 11, 2026, 04:21 PM
މާލެ ސިޓީ

ސަހްޔޫނީނުން ޣައްޒާއަށް ދެމުންގެންދާ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ކުޑަކުދިންނެއްގެ ދިރިއުޅުން ވަނީ ބިރުވެރިކަމާއި ހިތާމައިގެ ތެރެއަށް ވެއްޓިފައެވެ. މިފަދަ އެއް ހާދިސާއެއްގައި، ޣައްޒާގެ ކުޑަކުއްޖަކު އޭނާގެ މުޅި އާއިލާ ބައިބައިވެގެން ދިޔަ ގޮތުގެ ވާހަކަ ކިޔައިދެމުންދަނީ ހިތްފަޅައިގެންދާ ފަދަ އަސަރަކާއެކުގައެވެ.

Advertisement

އެ ކުއްޖާ ކިޔައިދިން ގޮތުގައި، ސަހްޔޫނީނުން ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އޭނާގެ ލޯބިވާ މަންމަ އާއި ބޭބެ ވަނީ ޝަހީދުވެފައެވެ. މި ބޮޑު ކުއްލި ސިހުމާއި ވޭނުން އަދިވެސް އަރައިނުގަނެވިގެން އުޅެނިކޮށް، އޭނާގެ ބައްޕަ ވަނީ ސަހްޔޫނީނުންގެ ސިފައިން ހައްޔަރުކޮށް ޑިޓެންޝަން ކޭމްޕަކަށް ގެންގޮސްފައެވެ.

ކަރުނައިން ފުރިފައިވާ ދެލޮލާއެކު އެ ކުއްޖާ ބުނީ، އޭނާގެ ހަމައެކަނި މިހާރުގެ އުންމީދަކީ ޖަލުގައި ބަންދުކޮށްފައިވާ ބައްޕަ ފެނުން ކަމަށެވެ. "މަންމަ އާއި ބޭބެ ވަކިވެގެން ދިޔުމުން ލިބުނު ހިތާމަ ބަޔާން ކުރަންވެސް ނޭނގޭ. މިހާރު ބޭނުންވަނީ ހަމައެކަނި ބައްޕަ ފެނުން" އެ ކުއްޖާ ރޮމުން ކިޔައިދިނެވެ.

ޣައްޒާގައި ހިނގަމުންދާ މި ހަނގުރާމައިގައި އެތައް ކުދިންނެއް ވަނީ ޔަތީމުވެ، އާއިލާގެ އެހީތެރިކަމުން މަހުރޫމްވެފައެވެ. ސަހްޔޫނީ ޑިޓެންޝަން ކޭމްޕްތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ވަނަވަރެއް ނޭނގި ބަންދުކޮށްފައި ތިބިއިރު، އެމީހުންގެ އާއިލާތަކުން ތިބީ އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މި ހިތާމަވެރި ހާދިސާއަކީ ޣައްޒާގެ ކޮންމެ ތަނަކުންނާއި ކޮންމެ ގެއަކުން އިވެމުންދާ ވޭނީ އަޑުތަކުގެ ތެރެއިން އެއް އަޑެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިފަދަ އިންސާނީ ކަރާމާތަށް އަރައިގަންނަ އަމަލުތައް ހުއްޓުވުމަށް ގޮވާލަމުންދާއިރު، ޣައްޒާގެ ކުޑަކުދިން ތިބީ އިންސާފާއި ސަލާމަތަށް ފެންބޮވައިގެންފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved